ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހޮނިހިރު ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ސްރީލަންކާގެ އިންތިޚާބީ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި، ސްރީލަންކާގެ އިންޚާބީ ރައީސްގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެ މަނިކުފާނަށް އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ އިންތިޚާބީ ރައީސް ދިސާނަޔަކަގެ ކުރިއަށް އޮތް ރިޔާސީ ދައުރުގައި، އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ