ސައިކަލުގެ ޕޮކެޓްގައި ބޭއްވުނީ 32000ގެ ފޯނެއް، ވަގަަށް ނެގި މީހާ ހޯދައިފި

ފޯނު ހޯދުމަށް ސީސީޓީވީ ފްޓޭޖް ބަލައި ފޯނު ނެގި މީހާ ދެނެގަނެ ގަލޮޅު ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން ފޯނު ހޯދާ ވެރިފަރާތަށް ހަވާލުކޮށްފައިވެ އެވެ.
ސައިކަލުގެ ޕޮކެޓްގައި ބޭއްވުނު އަގުބޮޑު ފޯނެއް ވަގަަށް ނެގި މީހަކު ހޯދާ އެ ފޯނު ވެރިމީހާއާ ހަވާލުކޮށްފި އެވެ.
ފުލުުހުން ބުނީ ޑީޑީ ގޯޅީގައި ޕާކުކުރި ސައިކަލެއްގެ ޕޮކެޓް ގައި ހަނދާން ނެތިގެން ބޭއްވުނު ފޯނެއް ވަގަށް ނަގާފައިވާ ކަމަށެވެ.އެއީ 32،000 ރުފިޔާގެ އަގުބޮޑު ފޯނެކެވެ.މި މައްސަލައާ ގުޅިގެން އެ ފޯނު ހޯދުމަށް ސީސީޓީވީ ފްޓޭޖް ބަލައި ފޯނު ނެގި މީހާ ދެނެގަނެ ގަލޮޅު ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން ފޯނު ހޯދާ ވެރިފަރާތަށް ހަވާލުކޮށްފައިވާ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ