ރާއްޖޭގެ ހަކަތައިގެ ސިޔާސަތު އިފްތިތާހުކޮށްފި

ދިވެހިރާއްޖޭގެ
ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ
ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 – 2029" އިފްތިތާހުކޮށްފި އެވެ.
ހަކަތައިގެ
ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 – 2029 އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް
ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. މި
ރަސްމިއްޔާތަށް ސަރުކާރުގެ ބައެއް ވަޒީރުންނާއި،
ޔުޓިލިޓީތަކުގެ އިސްވެރީން ބައިވެރިވެޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވީ ހަކަތައިގެ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުންކަމަށެވެ.
ހަކަތައިގެ
ސިޔާސަތާއި އިސްތިރާޖީ އަމާޒު ހިފާފައިވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮޕް-28 ގެ ވައުދުފުޅާ އެއްގޮތަށް
އިމްޕޯޓު ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި
އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ
މިންވަރު އިތުރުކުރުމަށެވެ.
ހަކަތައިގެ
އިސްތިރާޖީތައް 2024 – 2029 ބިނާކޮށްފައިވަނީ މައިގަނޑު ފަސް ސިޔާސަތެއްގެ
މައްޗަށެވެ. އެއީ:
·
އިރުގެ އަތްވާއި އަލީގެ ޓެކްނޯލޮޖީގެ އިތުރުން، ވަޔާއި
ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދާ
އަޖުމަބަލައި ތަރައްޤީކުރުން
·
ހަކަތައިގެ ދާއިރާއަށް އަންނަމުންދާ އައު
ޓެކްނޮލޯޖީ ދިވެހިރާއްޖެއަށް ތަޢާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް
ކުރިއެރުވުން
·
ހަކަތަ ސަމަކާރަކުރުމަށާއި އިސްރާފު ކުޑަކުރުމަށް
ކުރަންޖެހޭ އިތުރުކަންކަން ތަޢާރަފުކޮށް ރައްޔިތުން އެކަމަށް އަހުލުވެރި
ކުރުވުން
·
ހަކަތައިގެ ދާއިރާ ވަރަށް ޝާމިލު ގޮތެއްގައި
ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތެރެއަށް
އިއާދަކުރަނިވި ހަކަތަ ތައާރަފުކުރުން
·
ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ
އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ޤާނޫނާއި
ޤަވާޢިދުތައް ހަރުދަނާކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ