ބަންކަރިން މިހާތަނަށް ނުފެށުނީ ވެރިންގެ ކިބައިގައި އަޒުމެއް ނެތީމަ

ސައީދު ވިދާޅުވީ ރާއްޖޭގެ އެކި ޒަމާންތަކުގައި ވަޑައިގެންނެވި ވެރިންނަށް ނުކުރެވި ހުރި ކަންތައްތަކެއް ހުރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވި ކަމަށާ، ރައީސް މުއިއްޒުއަކީ ހަމައެކަނި ހުވަފެން ދެކޭ ވެރިއެއް ނޫނެވެ.
ރާއްޖޭގައި ބަންކަރިންގެ ވިޔަފާރި މިހާތަނަށް ނުފެށި އޮތީ ވެރިންގެ ކިބައިގައި އެކަން ފެށުމުގެ އަޒުމެއް މިހާތަނަށް ނެތީމަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 
ބަންކަރިންގެ ވިޔަފާރި އިފުތިތާހު ކުރަން ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި މުހައްމަދު ސައީދު ވިދާޅުވީ މިހާތަނަށް ބަންކަރިން ނުފެށި އޮތީ އެކަން ކުރުމުގެ އަޒުމު ނެތުމުންނެވެ. 
މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އެކި ޒަމާންތަކުގައި ވަޑައިގެންނެވި ވެރިންނަށް ނުކުރެވި ހުރި ކަންތައްތަކެއް ހުރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވި ކަމަށާ، އަދި ރައީސް މުއިއްޒުއަކީ ހަމައެކަނި ހުވަފެން ދެކި އޭގެ ޕްލޭންތައް ހަދައި ތަންފީޒު ކުރަން ނުކެރޭ ވެރިއަކަށްވާން ބޭނުންނުވާ ކަމަށް ވިދާޅަމުން ގެންދަވަ އެވެ. 
"ތިމަންމަން މަނިކުފާނަށް މުހިންމީ މިކަންކަން ނިންމުމޭ. ތިމަންމަނިކުފާނު ހަމައެކަނި ނުވާނަމޭ ހަމައެކަނި ހުވަފެއް ފެނި ވާހަކަ ދައްކާފަ ކަންތައްތައް ފޮތެއްގަ ލިޔެފަ އަމަލު ނުކޮށް ހުންނަ ވެރިއަކަށްވާކަށް،" ސައީދު ވިދާޅުވި އެވެ. 
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް  ވަޑައިގެންނެވިތާ ފަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި އުފަންކުރި ކަމަށާ ބޭނުމަކީ އިންޑަސްޓްރިއަލް މަސައްކަތް ދިވެހިންގެ އަތްމަތީގައި ބޭއްވުމެވެ. 
"އިންޑަސްޓްރިއަލް ޑިވްލޮޕްމަންޓަކީ އެ ކުންފުނިން ކުރާކަމެއްގެ ގޮތުގައި ހެދުން މަގުސަދަކީ. ބޭނުމަކީ ދިވެހިންގެ އަތުގައި ކޮންޓްރޯލް އޮތިން. އެހެންވެ އެންމެ ހަ މަސްތެރޭ ބަންކަރިން ފެށީ ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުންޏާއެކު. އެސްޓީއޯއަކީ މީގެ އެއް ޕާޓްނަރު،" ސައީދު ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ