ބްރޯޑްކޮމްއަށް ސަރާހަތާއި މުހައްމާ އައްޔަނުކުރަން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުގައި ހިމެނޭ އައިމިނަތު ސަރާހަތު އިއްޒަތު އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެ ކޮމިޝަނަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އާންމު ކުރި ރިޕޯޓުގައި 89 ޕަސެންޓާ އެކު އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ ކޮމިޝަންގެ މެމްބަރުކަން ކުރިން ވެސް ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތަށެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައޔްިތުންގެ މަޖިޅިހުގެ ޖަލްސާގައި މެންބަރުން ފާސްކުރަން ވަނީ ވޯޓަށް އަހާފައެވެ.
އެގޮތުން އެންމެ ފުރަތަމަ ވޯޓަށް އަހާފައިވަނީ އެ ކޮމިޝަނަށް ސަރާހަތު އައްޔަނުކުރުމާމެދުގައެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގަތް 68 މެންބަރުންވެސް ވޯޓު ދެއްވީ އޭނާ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރުމަށް ފެންކަމަށެވެ.
ދެން ވޯޓަށް އެހީ ޝިފްޒާ އައްޔަނުކުރުމާމެދުގައެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގަތް 61 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވީ އޭނާ އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރަން ނުފެންނަކަމަށެވެ. ފެންނަކަމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.
އެންމެ ފަހުން ވޯޓަށް އަހާފައިވަނީ ބްރޯޑްކޮމްއަށް މުހައްމާ އައްޔަނުކުރުމާމެދު ފެންނަގޮތަށް ވޯޓު ދިނުމަށެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގަތް 60 މެންބަރުންގެ ތެރެއިން 58 މެންބަރަކު ވޯޓު ދެއްވީ އޭނާ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރުމަށް ފެންކަމަށެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ ދެ މެންބަރެކެވެ.
އެހެންވެ މަޖިލީހުން ފާސްވެފައިވަނީ ސަހާރަތާއި މުހައްމާ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ