ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންގެ ރަސްމީ ބައްދަލުވުމެއް ނުބާއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރު 13 ޖެނުއަރީގަ އެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހަށް އަހަރެއްވެފައި ވާއިރު، އެ ތާރީހުގެ ފަހުން ރައީސް މުއިއްޒު ރަސްމީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ.
ތަފްސީލު - ރައީސް މުއިއްޒު 17 ނޮވެމްބަރު 2023ގައި ވެރިކަމަށް ވަޑައިގެންނެވި ފަހުން، މިދިޔަ އެއް އަހަރާއި ދެ މަސްދުވަސް ތެރޭ ރަސްމީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ ތިން ފަހަރު އެވެ. އެއީ:
3 ޑިސެމްބަރު 2023: ތުރުކީ އާއި ކޮޕް28 ސަމިޓުން އެނބުރި ރާއްޖެ ވަޑައިގެން، އެއާޕޯޓުގައި ބޭއްވެވި ބައްދަލުވުން
5 ޑިސެމްބަރު 2023: ކެބިނެޓްގެ ބައެއް ނިންމުންތައް ހާމަ ކުރުމަށް ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުން
13 ޖެނުއަރީ 2024: ޗައިނާ ދަތުރުފުޅަށް ފަހު އެއާޕޯޓުގައި ބޭއްވެވި ބައްދަލުވުން
ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުން ނުބާތާ އަހަރެއް ވެފައި ވާއިރު، މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒު ނޫސްވެރިންގެ ރަސްމީ ބައްދަލުވުމެއް މިދިޔަ އަހަރެއް ތެރޭ ބާއްވަވާފައި ނުވި ނަމަވެސް، ދައުލަތުގެ މީޑިއާ އާއި ރައީސް އޮފީހުން ބޭނުންވާ ވަކި މީޑީއާތަކަކަށް އެ މަނިކުފާނު ހާއްސަ އިންޓަވިއު ދެއްވާފައިވެ އެވެ.
އޭގެ އިތުރުން، ބައެއް ހަރަކާތްތަކުގެ ތެރެއިން ނޫސްވެރިއަކު ސުވާލު ކުރުމުން އެ ސުވާލަކަށް ޖަވާބުދެއްވާފައިވެ އެވެ.
ރައީސް ރަސްމީކޮށް ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ އަހަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ