ދިވެހިރާއްޖޭގައި މަނާކޮށްފައިވާ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަކުރެވެއެވެ. މީގެ ތެރެއިން ބައެއް ކަންކަމަށް ވަކި ޤާނޫނުތަކެއް އެކުލަވާލެވިފައިވާއިރު، އަނެއްބައި ކަންކަމަކީ ވަކި ޤާނޫނެއްގެ ދަށުން މަނާކުރެވިފައިވާ ކަންކަމެވެ. ނަމަވެސް، ކަމެއް މަނާކުރެވުނު ނަމަވެސް އެކަމެއް ކުރާ މަންޒަރު މުޖުތަމަޢުގެ ތެރެއިން ނުފެންނާނެކަމަށް ބުނުމަކީ ދަތިކަމެކެވެ. މިއީ މުޖުތަމަޢުގައި ޤާނޫނާއި ގަވާއިދުތަކަށް ގޮންޖަހާ ބަޔަކު ދިރިއުޅެމުންދާތީއާއި، ތަންފީޛީ އިދާރާތަކުގެ ދޯދިޔާކަމުގެ ސަބަބުންނެވެ.
ކަންކަން ތަންފީޛުކުރުމަށްޓަކައި އޮންނަންވާނީ ހަމައެކަނި އެންމެ އުސޫލެއް ނުވަތަ އެންމެ ޕްލޭނެއް ނޫނެވެ. ބަޔަކު އެދިއެދި ތިބޭ ކަމެއް މަނާކުރާ ހިސާބުން، އެކަމެއް ކުރުމަށް އެތައް ގޮތްތަކެއް ހޯދާނެ ބަޔަކު ތިބޭނެކަން ޔަޤީނެވެ. ކަމެއް ހިނގުމަށް އަބަދުވެސް ދެ ފަރާތެއްގެ ބައިވެރިވުން އޮންނާނެއެވެ. އެއް ފަރާތަކީ މުޅި ދައުލަތް ކަމުގައިވާނަމަ، އަނެއް ފަރާތަކީ ރައްޔިތުންނެވެ.
ކަމެއް މަނާކުރުމަށްޓަކައި ކިތަންމެ ގިނަ ޤާނޫނެއް ހެދިކަމުގައި ވިޔަސް، އެކަން ތަންފީޛުނުކުރެވި އޮތުމަކީ ދައުލަތެއްގެ ނާކާމިޔާބީއެކެވެ. ވުޖޫދުކޮށްފައިވާ ޤާނޫނުތަކުން ކަމެއް އިޞްލާޙުނުކުރެވޭ ހާލަތުގައި، އެ ޤާނޫނުތައް އިތުރަށް ހަރުދަނާނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. އެއީ ކޮންމެ ތަނެއްގައިވެސް ވަކި ޤާނޫނުތަކަތަކަކާއި ގަވާއިދުތަކެއް ހެދިފައިވާއިރު، އެކަމަށް ފަރުވާލެއް ނުބަހައްޓާނަމަ ޤާނޫނުތައް ތަންފީޛުނުކުރެވުން ނުވަތަ ތަންފީޛުކުރުމަށް ހުރަސްތައް ކުރިމަތިވާނެތީއެވެ.
ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ވައްކަންކުރުމާއި، ގޭންގު މާރާމާރީ ހިންގުމާއި، މީހުން މެރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ހުރިހާ ކަމަ
މުޖުތަމަޢުގައި ކުށްކުރުން ހުއްޓުވުމާއި ކުށަށް މީހުން އަރައިގަންނަ މިންވަރު މަދުކުރުމަށްޓަކައި، ކުށްތަކަށް ބަޔަކު އަރައިގަތުމުގެ ކުރިން ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ކަންކަން ކުރުމަށް މަޝްވަރާތަކެއްވެސް ދައުލަތުގެ ފަރާތުން ކުރިއަށް ގެންދެއެވެ. މުޖުތަމަޢުގައި ކުށުގެ ވެށި ދުވަހުން ދުވަހަށް ފުޅާވަމުން އަންނައިރު، ޤާނޫނާއި ގަވާއިދަކީ ހެދިފައިވާ އެއްޗެއްކަންވެސް ބައެއް ފަރާތްތަކަށް ހަނދާންނައްތާލެވިފައިވާކަން ފާހަގަކުރެވެއެވެ.
މި ހުރިހާ ކަމެއްގައިވެސް ދައުލަތުގެ ޒިންމާ ބޮޑުކަން ޤަބޫލުކުރަންޖެހެއެވެ. އެހެންނަމަވެސް، މި މައްސަލަތައް ޙައްލުކުރުމަށް ބޭނުންވަނީ ހަމައެކަނި ދައުލަތުން ކުރާ މަސައްކަތެއް ނޫނެވެ. ދިވެހިރާއްޖޭގައި ފަރުދީ ޒިންމާ އަދާކުރާނެ ރައްޔިތުން ދިރިއުޅޭނަމަ، މިފަދަ ކަންކަން މަދުކުރެވިގެންދާނެއެވެ. ކަންކަމުގައި ހަމައެކަނި ދައުލަތުން ޒިންމާ ނަގަންޖެހޭ ކަމަށް ދެކޭ ވިސްނުން ބަދަލުކުރަން ޖެހެއެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނަމަ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދައުލަތާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. ޤާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކޮށް، އެ ޤާނޫނުތައް ތަންފީޛުކުރުމުގައި ދެފަރާތުންވެސް އެއްބާރުލުން ދިނުމަކީ މުޖުތަމަޢުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އަދި ހަމައެހެންމެ، ކުށްކުރުމުގެ ވިސްނުން ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކޮށް، ތަޢުލީމާއި ތަރުބިއްޔަތުގެ ރޮނގުން ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަކީވެސް މުހިންމު ކަމެކެވެ.
”ޒުވާން ޖީލުގެ ބައެއް މެންބަރުން ޤައުމަށް ފައިދާހުރި ކަންކަމުގައި ޝާމިލުނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހުމާއި، ކޮރަޕްޝަނާއި ވައްކަމުގެ ޢަމަލުތަކުގައި ބައިވެރިވުމާއި، ވަޒީފާގެ ފުރުޞަތުތައް ނެތުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ. މި ކަންކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ޤައުމުގައި ހަރުދަނާ އަދި މުސްތަޤިއްލު ދުސްތޫރީ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ކަމެކެވެ. މި ނިޒާމު ވާންޖެހޭނީ ސިޔާސީ ނުފޫޒުތަކުންނާއި އަމިއްލަ މަޞްލަޙަތުތަކުން އެއްކިބާވެފައިވާ ނިޒާމަކަށެވެ.
އެހެންނަމަވެސް، ހަމައެކަނި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމުން ފުދޭނެ ކަމަކަށް ނުދެކެމެވެ. މިއަދު އަޅުގަނޑުމެން އުފައްދަންޖެހޭ މުހިންމު ސުވާލުތަކަކީ: ޤައުމަށް ވަފާތެރި އަދި އިޚްލާޞްތެރި ޒުވާނުން ތިބި މިންވަރަކީ ކޮބައިތޯ؟ މަސައްކަތުގެ މާޙައުލުގައި އިޚްލާޞްތެރިކަން ދަމަހައްޓަނީ ކިހާ މިންވަރަކަށްތޯ؟ އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމު ހަރުދަނާކުރުމަށް ހަމައެކަނި އައު ޤާނޫނުތަކެއް ތަޢާރަފުކުރުން ފުދޭނެތޯ؟ ނުވަތަ ޤާބިލު އަދި އިޚްލާޞްތެރި ފަރުދުންގެ ދައުރު މުހިންމުވާނެތޯ؟
މި ސުވާލުތަކަށް ޖަވާބު ހޯދައި، ޒުވާނުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އިތުރު އިސްކަމެއް ދިނުމާއެކު، އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ޤައުމީ ލޯބި އާލާކުރުމާއި، އިޖްތިމާޢީ ޒިންމާދާރުކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މި ގޮތުން، ސަރުކާރާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.“
މުޖުތަމައު ކުށުގެ ވެށިން ސަލާމަތް ކުރުމާއި ގާނޫނުތަކަށް ތަބާ ނުވާ ޖީލެއް؛ ޒިންމާ ނަގަންޖެހެނީ އަބަދުވެސް ދައުލަތް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ