ނޯތު ހާބަރުގެ ލޮޓުތަކެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މާލެ ނޯތު ހާބަރުގައި އިމާރާތް ކޮށްފައިވާ ބައެއް ލޮޓުތައް ގުދަންކުރުމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 11:00 ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެއެވެ.
މި މަސައްކަތާ ގުޅޭ ޕްރީ-ބިޑް ސެޝަން 11 ޖޫން ގެ ހެނދުނު 11:00 ގައި އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ