މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީއާއެކު ދެެގޮތެއްނުވެ ތިބި ފަރާތްތަކާއި އެކުގައި ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިފަދައިން ވިދާޅުވީ، ”އިތުބާރު“ ކެމްޕެއިން ޓީމުން އަތޮޅު ތެރެއަށް މިހާރު ކުރަމުންގެންދާ ދަތުރުތަކުގެ ތެރެއިން ހައްދުން މައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދެއްވި ޙާއްސަ މެސެޖެއްގައެވެ.
މީކާއީލް ވިދާޅުވީ، ”އިތުބާރު“ ޓީމުން ދާ ކޮންމެ ރަށަކުން ލިބޭ މެސެޖަކީ އެމްޑީޕީއާއެކު ދެމިތިބި ފަރާތްތަކާއެކު ޕާޓީގެ މެމްބަރުން ދެމިތިބޭނެ ކަމުގެ މެސެޖުކަމަށެވެ.
އޭގެ އިތުރުން، އެމްޑީޕީގެ އާންމު މެމްބަރުން ޕާޓީގެ ކުރިމަގު ބައްޓަން ކުރަން ބޭނުމީ އާޒުވާން ޖީލަކާއެކު ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި ޕާޓީގެ މަތިފަޑިއަށް އާ ޒުވާން މޫނުތަކެއް ގެންނަން އާންމު މެމްބަރުން ބޭނުންވާކަމަށް ވެސް މީކާއީލް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޕާޓީގެ މުސްތަޤުބަލަށް ޓަކައި 12 ޖޫންގައި ބާއްވާ ޗެއަރޕާރސަން އިންތިޚާބުގައި އާންމުން ވޯޓުލާން ތިބީ ”އިތުބާރަށް“ ކަމަށް މީކާއިލް ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީއާއެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއެކު: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ