ސަބްސްކްރިޕްޝަން ފައިސާ ދެއްކުމުގައި އެއްވެސް ހުރަހެއް ނެތް: ބީއެމްއެލް

ބީއެމްއެލް އިން ބުނި ގޮތުގައި ސަބްސްކްރިޕްޝަން ޕޭމަންޓްތަކަކީ ކާޑުތަކުން ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ކަނޑައަޅާފައިވާ ދުވަހުން ދުވަހަށް ބޭނުންކުރެވޭ ލިމިޓުގެ ތެރޭގައި ހިމެނޭ މުއާމަލާތްތަކެއް ނޫނެވެ.
We have not restricted subscription payments, and such transactions do not fall under the daily foreign spend budget. However, we have noticed that, for various reasons, some subscription payments have been declined by merchants.If your subscription payment has declined, please…
ނަމަވެސް، އެކި ސަބަބުތަކާ ހުރެ ބައެއް ސަބްސްކްރިޕްޝަން ޕޭމަންޓްތައް މާޗަންޓުން ނުވަތަ ޚިދުމަތްދޭ ފަރާތްތަކުން ރިޖެކްޓް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، އެއްވެސް ކަސްޓަމަރެއްގެ ސަބްސްކްރިޕްޝަން ޕޭމަންޓެއް ދެއްކުމުގައި މައްސަލައެއް ދިމާވެ، ޕޭމަންޓް ޑިކްލައިން ވެއްޖެ ނަމަ، ސީދާ ބޭންކާ ގުޅުމަށް އެދޭ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ބޭންކުން ވަގުތުން އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ބީއެމްއެލް އިން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ