ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަން މާދަމާ ފަށަނީ

އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް މާދަމާ ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެއެވެ.
މިފަހަރުގެ މުބާރާތުގެ ގަވާއިދަށް ގެނައި ބަދަލާއެކު، ސެމީ ފައިނަލާއި ފައިނަލް ބުރުގެ އިންސާފުކުރުމަށް ކަނޑައަޅާ ދެ ޕެނަލްގައިވެސް މަދުވެގެން ބައިނަލްއަޤުވާމީ ފެންވަރުގެ އެއް ފަނޑިޔާރަކު އިންނަވާނެއެވެ. މިއީ މުބާރާތުގެ ފެންވަރު މަތިކުރުމަށް ގެނެވުނު މުހިއްމު ބަދަލެކެވެ.
މުބާރާތުގެ ފައިނަލްގައި ކޮންމެ އުމުރުފުރާއަކުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ބަލައިގެން، ނުބަލައި އަދި ޙާފިޡުންގެ ބައިން އެއްވަނައަށް އަންނަ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ