މަޖިލީހުގެ މެމްބަރުން ގާނޫނީ އަދަދުގެ މައްސަަލަ؛ ރައްދު ދޭނެ ފަރާތެއް ނެތި ސުޕްރީމް ކޯޓު އަޑުއެހުން ކުރިޔަށް!

ސަރުކާރުގެ މަގާމުތަކަށް ދާން މެމްބަރުކަމުން އިސްތިއުފާ ދިން މެމްބަރުންގެ ގޮނޑިތައް ނުހިމަނައި ޖުމްލަ އަޣުލަބިއްތަތު ގުނާ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ރައްދެ ދޭނެ ފަރާތެއް ނެތި ފަށައިފި އެވެ.
ފަސް ފަނޑިޔާރެއްގެ ބެންޗަކުން ބައްލަވާ މި މައްސަލައިގެ އަޑުއެހުން މިއަދު ފެށިއިރު ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ގަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
އަޑުއެހުން ފެށުމުން، ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ މި މައްސަލަ ހުށަހަޅާފައި ވަނީ މަޖިލީހަށް ރައްދުވާ ގޮތަށް ނަމަވެސް އެކަން ބަދަލުކޮށްދޭން އެދި ބަންޑާރަ ނައިބުގެ އޮފީހުން ސިޓީއެއް ރަސްމީކޮށް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ވަނީ ރައްޔިތުންފެ މަޖިލިސް ވެސް ތަމްސީލު ކުރަން ޖެހެނީ، ބަންޑާރަ ނައިބުގެ އޮފީސްކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންވެ އެކަން ސާފު ކުރުމުގެ ގޮތުން މަޖިލީހާ ސުވާލު ކުރުމުން، އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ލިއުމެއް ލިބިފައިވާކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ. އެހެންވެ މި މައްސަލަ ކުރިޔަށް ގެންދަނީ ރައްދުވާނެ ފަރާތެއް ނެތް ގޮތަށެވެ.
އަޑުއެހުން ފެށިއިރު ވެސް، ކޯޓަށް ހާޒިރުވެ ތިބީ ބަންޑާރަ ނައިބުގެ އޮފީސް ވަކީލުންގެ ޓީމު އެކަންޏެވެ. މަޖިލީހުގެ ގާނޫނީ ބޭފުޅުން ވަޑައެއްނުގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ