މިއަދު މިއީ، 'އެއްބަސްވެ ދެބަސްވަމާ'ގެ އަށް ވަނަ އެޕިސޯޓެވެ. މި އެޕިސޯޓުގެ ދައުރުގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު، ޕަބްލިކް ފައިނޭންސް އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ސަރުވަޝް އާދަމްއާ މުހިންމު ސުވާލެއް ކުރިމަތި ކުރެއްވި އެވެ. އެއީ ގިނަ އާންމުންގެ ސުވާލެކެވެ.
ރާއްޖެ ބަނގުރޫޓް ވެދާނެ ހެއްޔެވެ؟
އެ ސުވާލަށް ޖަވާބު ދެއްވަމުން ސަރުވަޝް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެތެރޭގެ އިގްތިސާދު ހާއްސަކޮށް ފަތުރުވެރިކަން ހިނގަމުން އަންނަހާ ހިދަކު ރާއްޖެއަށް ދަރަނި ނުދެއްކޭ ހިސާބަކަށް ނުދާނެ އެވެ. އެކަމަކު، އާމްދަނީ ނުބައްދަލުވަށް ސަރުކާރުގެ ހަރަދުތައް ބޮޑުކޮށްގެން ކުރިއަށް ދާނަމަ، ބަނގުރޫޓޭ ނުކިޔަސް މާލީ ތާށިކަން އޮންނާނީ ހަމަ އެކަހަލަ ހާޅަތްތައް ދިމާވެފައިވާ ގައުމުތަކުގައި އޮންނަ މިންވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިސާލަކަށް އޭނާ ނެންގެވީ ސަރުކާރުން އެކި ކުންފުނިތަކަށް ފައިސާ ނުދެވި ލަސްވާ މައްސަލަ އެވެ. ދިވެހި ރުފިޔާގެ އަގު ވެއްޓި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ. އަށް އަރާފައިވުމެވެ.
އޭނާ ދެން ފާޅުކުރެއްވި އަނެއް ބޮޑު ކަންބޮޑުވުމަކީ މިއަހަރު ރާއްޖެއިން ދައްކަން ޖެހޭ އެންމެ ބޮޑު ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސްކޫކް ދެއްކުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު އެ ފައިސާ އަނބުރާ ދައްކަން ސަރުކާރުން ވިސްނާފައިވާ ގޮތް ސާފުނުވުމެވެ. އޭނާ ދެކޭ ގޮތުގައި ސްކޫކް ރީފައިނޭންސް ކުރަން ވިސްނާ ގޮތްތަކާއި އޭގެ މާލީ ބުރައަކީ ކޮބައިކަން ދުރާލާ ރައްޔިތުންނަށް ބުނެދޭން ޖެހޭނެ އެވެ.
"ސްކޫކް ރީފައިނޭންސް ކުރަން އަސްލު މިދިޔަ އަހަރު ދާން ޖެހޭނެ ބާޒާރަށް. ނުދިޔައިމާ އޭގެ ކޮސްޓް އިންޓަރެސްޓް ބޮޑުވެގެން މި އުޅެނީ. އެ ވަގުތު ދިޔައީ. އެެހެން ވީޟާ ރައްޔިތުންނަށް އަދި ބާޒާރުގެ ކޮންފިޑެންސަށް ވެސް ބުނެދޭން އެބަ ޖެހޭ ސަރުކާރުން ރާވާފައިވާ ގޮތްތަކެއް،" ސަރުވަޝް ވިދާޅުވި އެވެ.
އެއްބަސްވެ ދެބަސްވަމާ: ރާއްޖެ ބަނގުރޫޓް ވެދާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ