ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށައިފި

ނ. ވެލިދުއަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް މިއަދު ފަށައިފިއެވެ. އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި، ވެލިދޫ ކައުންސިލް މެންބަރުންގެ އިތުރުން ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަދު މެންދުރު ފަހު އެ ޚިދުމަތް ފެށިއިރު، 14:40ގައި ފުރަތަމަ ފްލައިޓް ވަނީ ވެލިދޫން މާލެ އަންނަން ފުރާފައެވެ. އެ ފްލައިޓުގައި ދިވެހީންނާއި ފަތުރުވެރިން ވެސް ތިއްބެވެ. މި ދަތުރުތައް ކޮންމެ ހަފްތާއެއްގެ ދެ ދުވަހު ކުރާނެއެވެ. https://x.com/seaplanemv/status/2000213921618088360 ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފެށިއިރު، ދިވެހީންނަށް ވަނީ ޚާއްސަ ފެއާއެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން ދިވެހީންނަށް ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 999 ރުފިޔާއެވެ. އަދި ފަތުރުވެރިންނަށް އެއްކޮޅު ޓިކެޓުގެ އަގު އުޅެނީ 93 ޑޮލަރުގައެވެ. އެ ޚިދުމަތް އެ ރަށުގައި ފެށިއިރު، ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށްފައިވެއެވެ. އަދި ޗެކިން ކުރުމަށާއި، ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ވަނީ ޚާއްސަ ލައުންޖެއް ވެސް ތައްޔާރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ