މަގުބޫލު ލިޔުންތައް ކެންސަރު ބައްޔާއެކު ނިޒާމް ވޭނުގައި، އެދެނީ ދީލަތި އެހީތެރިކަމަށް! އުމުރުން 16 އަހަރުގެ ޝަޒްފާގެ ކުއްލި ވަކިވުމާ އެކު ސްކޫލަށް ބޮޑު ހިތާމައެއް އާ އަހަރާ ދިމާކޮށް ބޭންކުތައް ހަތަރު ދުވަހަށް ބަންދުކުރަނީ ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ކުރި އިއުލާނުގައި ހުރި ބައެއް ޝަރުތުތަކާ މެދު، ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން، އެ އުސޫލުތައް ބަދަލުކޮށް އަލުން އިއުލާނުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހު ކުރި ފުރަތަމަ އިއުލާނާ ގުޅިގެން ދުނިޔޭގެ ބޮޑެތި ކުންފުނިތައް ހިމެނޭހެން 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، އެ ފަރާތްތަކުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ ސަރުކާރަށް ހިލޭ ކޮށްދޭންޖެހޭ ދަތުރުތައް (ސާޗް އެންޑް ރެސްކިޔު އަދި މެޑިކަލް އިވެކުއޭޝަން) ގިނަވުމުގެ ސަބަބުން ހިދުމަތުގެ އަގު ބޮޑުވާތީއެވެ.
މި ޝަކުވާތަކަށް ރިއާޔަތްކޮށް، އަލުން ކުރި އިއުލާނުގައި ވަނީ މައިގަނޑު ދެ ބަދަލެއް ގެނެސްފައެވެ:
މި ހިދުމަތް ދޭ ފަރާތުން މައިގަނޑު ގޮތެއްގައި ފަތުރުވެރިން އުފުލުމުގެ ހިދުމަތް ދިން ނަމަވެސް، ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް (ސްޓްރެޗަރާއެކު ދެ މީހުން އުފުލޭ ވަރުގެ) ހާއްސަ އެއް ހެލިކޮޕްޓަރު އަބަދުވެސް ތައްޔާރީ ހާލަތުގައި ބާއްވަން ޖެހެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރުގެ ނޮވެމްބަރު 1 ގެ ކުރިން މި ހިދުމަތް ފެށުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ