ދިރާގުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އިއުލާންކުރުން ޖޫން މަހު
ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާ، ޖޫން މަހުގެ ތެރޭގައި ހޮވާނެކަން ދިރާގުން އިއުލާންކޮށްފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް 'އަލް ޝާލީ މެރިން ކެނެރީ 28' މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ލިބޭނެއެވެ. އެ އުޅަނދަކީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ، އޭގެ ފަރުމާގެ ފުރިހަމަކަމާއި ބާރުމިނުގެ ސަބަބުން ކަނޑުމަތީގެ އެކި ބޭނުންތަކަށް އެކަށީގެންވާ އުޅަނދެކެވެ. އެ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިދިޔަ ޖަނަވަރީ މަހު ހޮވައި، މިހާރު ވަނީ ލޯންޗު ހަވާލުކޮށްފައެވެ. އެހެންކަމުން، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ އެންމެ ފަހު ނަސީބުވެރިޔާއަކީ ކޮބައިތޯ ބެލުމަށްކަން ދިރާގުން ފާހަގަކުރިއެވެ. އެ ޕްރޮމޯޝަނަކީ ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑްގެ ޚިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. އެގޮތުން، ޕްރޮމޯޝަންގެ ފުރަތަމަ ބުރުގައި ބައިވެރިވި މީހުން ވެސް ދެވަނަ ގުރުއަތުލުމުގައި ހިމެނޭނެއެވެ. އެންމެ ފަހު ސްޕީޑްބޯޓު ހާސިލުކުރުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށް، ޚިދުމަތްތައް މެދުނުކެނޑި ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކުރެއެވެ. ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ގުރުއަތުލުމުގެ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް މިފަދަ އަގުހުރި ފުރުސަތުތަކެއް ފަހިކޮށްދިނުމާއެކު، މުޅި ރާއްޖެ ޑިޖިޓަލް ވަސީލަތްތަކުން ގުޅުވާލައި، ދިވެހިންގެ ދިރިއުޅުމަށް ފާގަތިކަމާއި ކުރިއެރުން ގެނެސްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ