އަލިފާނުގެ ހާދިސާގައި އާދައިގެންދިޔަ ހައުސިން މިނިސްޓްރީގެ މަސައްކަތްތަކަށް ހާއްސަ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް 30،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައި 12 ޑިސެމްބަރު 2024ގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި އިމާރާތް އެއްކޮށް ވަނީ އަނދާފަ އެވެ. އެހެންވެ، މިހާރު އެ މިނިސްޓްރީ ވަގުތީގޮތުން ހިންގަމުންދަނީ ދަރުބާރުގޭގަ އެވެ.
ބުނީ ކީކޭ؟ - އެ މިނިސްޓްރީގެ މަސައްކަތްތަކަށް ދާއިމީ އޮފީސް އިމާރާތެއް ހޯދުމުގެ މަަސައްކަތް ކުރަމުންދޭތޯ އިއްޔެ އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން މުއްތަލިބު ވިދާޅުވީ، ދަރުބާރުގޭގައި އެ މިނިސްޓްރީގެ މަސައްކަތްތައް ކުރަން ވަރަށް ދަތިވާ ކަމަށެވެ.
މިނިސްޓްރީގެ މަސައްކަތުގެ ތެރެއަށް ޕަބްލިކް ވޯކްސް ވެސް މިހާރު އިތުރުކޮށްފައިވާތީ މުވައްޒަފުންނަށް އިތުރު ޖާގަ ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އާދެ އަޅުގަނޑު ވެސް މިނިސްޓަރެއްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާ ކަމެއް ދާއިމީ އޮފީހެއް ނެތުމަކީ. ވަގުތީ ތަނެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިހާރު އަހަރެއްހާ ދުވަސް މިވަނީ،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވިގޮތުން:
މިނިސްޓްރީއަށް ހާއްސަަކޮށް އަޅާ އިމާރާތުގެ މަސައްކަތް މިވަގުތު އޮތީ ފައިނޭންސް ހަމަޖެއްސުމުގެ މަރުހަލާގައި
ފައިނޭންސް ކުރާ ފަރާތަކާއެކު މިހާރު ދަނީ މަޝްވަރާކުރެވެމުން؛ މާލަސްތަކެއްނުވެ އެއްބަސްވުމަކާ ހަމަޔަށް އާދެވޭނެ
އާ އިމާރާތެއް އެޅުމަށް 30،000 އަކަފޫޓޫގެ ބިމެއްގެ އެއްބައި ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައިފައިވޭ
ޕަބްލިކް ވޯކްސް މިނިސްޓްރީގެ ތެރެއަށް މިހާރު ލާފައިވާތީ އެކަމަށް ވަކިން ހެޑްކުއާޓަރެއް ބޭނުންވާތީ އެކަމަށް ވެސް މަސައްކަތްތަކެއް ކުރެވޭ
"އަޅުގަނޑުމެންގެ މިނިސްޓްރީއަކީ، މިހާރު ޕަބްލިކް ވޯކްސް އެއްވުމާއެކު 600 އަށްވުރެ ގިނަ މުވައްޒަފުން ތިބި ތަނެއް. އެހެންވީމާ އަޅުގަނޑުމެންނަށް ފުދޭވަރެއްގެ ބޮޑު ޖާގައެއް ބޭނުންވާނެތީވެ، އަޅުގަނޑުމެންނަށް ހާއްސަ ބިލްޑިިންއެއް އެޅުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" މުއްތަލިބު ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުގެ އެހެން މިނިސްޓްރީތަކަށް ވެސް އޮފީހުގެ ދަތިކަން ކުރިމަތިވެފައިވާތި، އެ މައްސަލަ ހައްލުކުރަން ހުޅުމާލޭގައި އަޅަން ނިންމާފައިވާ 14 ބުރީގެ އޮފީސް އިމާރާތުގެ މަސައްކަތް ވެސް މިހާރު އޮތީ އެއްބަސްވުމަކާ ހަމައިގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖެހިފައި އޮތީ އެ މަސައްކަތުގެ ފައިނޭންސް ޔަގީންނުވާތީ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ސަރުކާރުގެ އޮފީސްތަަކަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތުމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ގޮތްތައް ވެސް ބަލަމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ:
ސަރުކާރުގެ ބައެއް މިނިސްޓްރީތައް މިހާރު ހިންގަމުންދާ ދަރުބާރުގެ އަލުން މަރާމާތުކުރުމުގެ ވިސްނުން ވެސް އެބައޮތް
މާލޭގެ ބިއްލޫރި ޖެހިގެ މަރާމާތުކޮށް، ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަން ބޭނުންކުރުމުގެ ވިސްނުން ވެސް އެބަހުރި
ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމަށް ވެސް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތްތައް ވެސް އެބަކުރެވޭ އް އެޅުމަށް
"އެހެންވީމާ ދައުލަތުގެ ހުރިހާ އިދާރާތަކަކަށް ދިމާވެފައިވާ އޮފީސް ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް އެބަ ކުރަން. އަދި، ހައުސިން މިނިސްޓްރީއަށް [ވަކިން] ހާއްސަ އިމާރާތެއް އެޅުމުގެ މަސައްކަތް އެބަކުރަން،" މުއްތަލިބު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީއަށް ހާއްސަ އިމާރާތެއް ހެދުމުގެ މަސައްކަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ