މަޝްހޫރު ދީނީ އިލްމުވެރިޔާ ޝޭހް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގެން ދަރުސްތަކެއް ދިނުމަށް ހަމަޖެހިއްޖެ އެވެ.
ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ ޝޭހް އާސިމް އަކީ ދުނިޔޭގައި އެންމެ މަޝްހޫރު އަދި ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ ދަރުސްތަކާއި ސުވާލާއި ޖަވާބު ދޭ ޕްރޮގްރާމްތަކުގެ ވީޑިއޯތަކަކީ ސޯޝަލް މިޑިއާތަކުގައި އެތައް މިލިއަން ބަޔަކު ބަލަ އެވެ.
އާސިމް ރާއްޖެ ގެނައުމުގެ ކަންކަން އިންތިޒާމްތައް ކުރަމުން އަންނަ "ދަ ޓްރެވަލާ" ގްރޫޕްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާ ރާއްޖެ ވާޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ. އަދި ފުރަތަމަ ދަރުސް އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން ރާއްޖޭގެ މާލެ އާއި ގދ. ތިނަދޫ އާއި ފުވަމުލަކާއި އައްޑޫ އަށް ވެސް އޭނާ ވަޑައިގެން ދަރުސް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސިމް ވާހަކަ ދަރުސް ދެއްވާނެ މައުލޫތައް އަދި ފަހުން ހާމަ ކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޝްހޫރު އިލްމުވެރިޔާ ޝޭހް އާސިމް ރާއްޖެ އަށް، ފުރަތަމަ ދަރުސް ކުޅުދުއްފުށީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ