ބައިވެރިޔާ، ކައިވެންޏަށް ތައްޔާރުކަން ދެނެގަންނާނީ ކިހިނެތް؟ ލޯބިވާމީހާ އިސްވެ ތިބާއަށް މެސެޖް ނުކުރަނީ ކީއްވެ؟ ހަޔާތުގެ ބައިވެރިޔާ އަކީ ރަނގަޅު ބައިވެރިޔާ ކަން ދަނެގަންނާނެ ހަ ގޮތެއް! ކައިވެނިކޮށްގެން އުޅޭ %50އަންހެނުންގެ ސިއްރު ބައިވެރިޔެއް ބެކަޕްގައި ހ

ހަޔާތުގެ ބައިވެރިޔާ ކުރިމަތީގައި ރުއިމަކީ ވަރަށްގިނަ މީހުން ޖެހިލުންވާ އަދި ލަދުގަންނަ ކަމެކެވެ. ބައެއްފަހަރު މިހެންވަނީ ބައިވެރިޔާ އެގޮތަށް ކަންތައް ކޮއްގެން ނުވާނެކަމަށް ބުނެ އަމުރު ކޮށްފައި ވާތީއެވެ. އެހެން ނަމަވެސް ކުރިމަތީގައި ރޮއެގެން ނުވާނޭ ބުނާ ބައިވެރިންނަކީ އެންމެ އެކަށީގެން ވާ ބައިވެރިޔާ އެއްނޫނެވެ. ބައެއް ބައިވެރިންނަށް ހީވާ ގޮތުގައި ކުރިމަތީގައި ރޮނީ މައްސަލަ ބޮޑުކުރުމުގެ ނިޔަތު ގައެވެ. އަދި ދެއްކުންތެރި ވުމަށެވެ. އެހެން ނަމަވެސް ހަގީގަތުގައި ބައިވެރިޔާ ކުރިމަތީގައި ރުއިމުން އޭނަގެ ފަރާތުން ލިބޭ އަޅާލުމާއި ލޯބި ބޮޑުވެއެވެ.
ދިރިއުޅުމެއް ގައި ދެމީހެއްގެ ދެމެދުގައި ތަފާތު މައްސަލަތައް ކުރިމަތިވާނެއެވެ. އެކަކު އަނެކަކާ ދޭތެރޭގައި ދެކޭގޮތް އެންމެ ރަނގަޅަށް އެނގޭނެ އެއްވަގުތަކީ ދިރިއުޅުމުގައި ބައިވެރިޔާ އަށް ދަތި އުނދަގޫކަމެއް ނުވަތަ ހިތާމައެއް ދިމާވާ ހިނދުއެވެ. އެހެން ކަމުން ބައިވެރިޔާ ކުރިމަތީގައި ރުއިމަކީ ބޮޑުކަމެއް ޖެހި އެހީބޭނުންވާ ވަގުތުކަން ފަސޭހައިން އެނގޭނެއެއް ވަގުތެވެ. އަދި މިކަމުން ދެމީހުންގެ ދެމެދުގައި ވާގުޅުން އިތުރުވެގެން ދާނެއެވެ.
ބައިވެރިޔާ ކުރިމަތީގައި ރުއިމަކީ އޭނަދެކެ އެއްވެސް ކަމަކާ ޖެހިލުން ނުވަކަންސާބިތުވާ އެއް ކަމެވެ. އަދި ބައިވެރިޔާ ގެ ލޯތްބާއި އަޅާލުން ލިބޭނެކަމުގެ ޔަގީންކަން އޮތްނަމަ ކުރިމަތީ ރޯން ޖެހިލުމެއް ނުވާނެއެވެ. އަދި ބައިވެރިޔާ ކުރިމަތީގައި ރުއިމަކީ ކުޅޭޑްރާމާ އެއް ކަން ގަބޫލް ނުކޮށް އޭނައަށް އެވަގުތު ދިމާވެގެން އުޅޭ މައްސަލައަކީ ކޮބައިތޯ ބަލައި އެކަމެއް ހައްލުކޮށްދީ ހިތާމައިގައި ބައިވެރިވެ އެއްބާރުލުން ދިނުމުން ދެމީހުންގެ ވެސް އޮތް ގުޅުމާމެދު ޝައްކުނުވެ ގުޅުން ވަރުގަދަވެއެވެ.
އަޅުގަނޑުމެން އިންސާނުން ނަކީ ދެވަނަ މީހެއްގެ އެހީތެރިކަމެއް ނުހޯދައި ދުނިޔޭގައި އުޅެވޭނެ ބައެއްނޫނެވެ. އޭގެ އެއްމިސާލަކީ އަޅުގަނޑުމެން ހެއްދެވި އިލާހު މިދުނިޔެއަށް އަންހެނުން ނާއި ފިރިހެނުން ފޮނުއްވާފައި ވުމެވެ. އަންހެނަކަށް ފިރިހެނެއްގެ އެހީތެރިކަން ބޭނުންވާ އިރު ފިރިހެނަކަށް އަންހެނެއްގެ އެހީތެރިކަން ބޭނުންވެއެވެ. އެއްވެސް ހާލެއްގައި ދެމީހަކު ދިރިއުޅުމެއް ފަށައި ދުވަސްތައް އެކީގައި ހޭދަކުރަމުން އަންނަ އިރު އެކަކު އަނެކަކަށް ބޭނުންވާ އެހީތެރިކަން، ލޯބި، އަޅާލުން އަދި އޯގަތެރިކަން ނުދެވެންޏާ ދިރިއުޅުމެއް ބާއްޖަވެރިއެއް ނުވާނެއެވެ. އެހެންވީމާ އަނބިމީހާވެސް ފިރިމީހާވެސް ކުރިމަތީގައި ރުއިމަކީ ހަޑިކަމެއް ނޫނެނެވެ. އެއީ ފައިދާ ހުރިކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ