ޓިކްޓޮކްއިން މަޝްހޫރުކަން ހޯދި އަލީ އަމްޖަދު (އަމްޖު) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މާލެ ގެނެސްފައި ވަނީ މިއަދު އޭނާ ވެއްޓި، ހަބަރުހުސްވެފައި އޮއްވާ ފެނުމާ ގުޅިގެންނެވެ.
އޭނާ މާލޭގެ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އޭނާ ނިޔާވީ ކޮން ސަބަބަކާހުރެކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
ށ. ފޯކައިދޫއަށް ނިސްބަތްވާ އަމްޖު މަސައްކަތް ކުރަމުންދިޔައީ މުދާ އުފުލާ ދޯންޏެއްގެ ކެޕްޓަންގެ މަގާމުގައެވެ.
ޓިކްޓޮކް ވީޑިއޯތައް ހެދުމާއި ލައިވްތަކަށް އަރައިގެން މަޝްހޫރުކަން ހޯދި އަމްޖަދު އިނދެގެން އުޅެނީވެސް ޓިކްޓޮކްގައި މަޝްހޫރު ފަރާތެއް ކަމުގައިވާ ހަބީބާއާއެވެ. އޭގެ ކުރިން އަމްޖަދު ކުރި ކައިވެންޏަކަށް ދަރިއަކުވެސް ހުރެއެވެ.
ޓިކްޓޮކްއިން މަޝްހޫރުކަން ހޯދި އަމްޖަދު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ