މާލެއިން ވަގަށް ނަގާފައިވާ 231،000ރ. 48 ގަޑިއިރު ތެރޭ ހޯދައިފި

މާލެއިން ވަގަށް ނަގާފައިވާ 231،000ރ. މިދިޔަ 48 ގަޑިއިރު ތެރޭ ހޯދާފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ރޭ 'އެކްސް'ގައި ވިދާޅުވީ ފާއިތުވި 48 ގަޑިއިރު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 11 މީހުން ހައްޔަރުކުރި ކަމަށެވެ.
ތަފްސީލް - ޝިފާން ވިދާޅުވީ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅުންހުރި 231،000ރ. އެ އޮޕަރޭޝަންތަކުގައި ހޯދާފައިވާ ކަމަށެވެ.
މާލެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން އަބަދު ވެސް ރަށުތެރޭ ޕެޓްރޯލުކޮށް، އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 9 އަދި 10 ވަނަ ދުވަހު ހެންވޭރު އަދި މާފަންނު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭ ގާތްގަނޑަކަށް 86،800ރ.ގެ ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ ހުށަހަޅައިފަ އެވެ.
އެ މުއްދަތުގައި، ގަލޮޅު ޕޮލިސް ސްޓޭޝަން ހިމެނޭހެން ކުރި މަސައްކަތުން 231،000ރ. ހޯދާފައިވާ ކަމަށް ވެސް އެ ހިސާބުތައް ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ