އައްޑޫ ރައްޔިތުންނާއި ވިޔަފާރިތައް ކުރިއެރުވުމުގައި ބީއެމްއެލް އޮންނާނީ ތައްޔާރަށް ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު 'ސްވައިޕް' އައްޑޫގައި ތައާރަފު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ބީއެމްއެލްގެ މަސްއޫލިއްޔަތަކީ ދިވެހިންގެ މުސްތަގުބަލު ބިނާކުރުމުގައި އެހީތެރިވެދިނުން ކަމަށެވެ.
ތަފްސީލް - ޝަރީފް ވިދާޅުވީ ބީއެމްއެލް އޮތީ އައްޑޫ ރައްޔިތުންނާއި ވިޔަފާރިތަކުން ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ ދޮރު ހުޅުވާލައިގެން ކަމަށެވެ.
ޝަރީފް ވަނީ އައްޑޫ ރައްޔިތުންނާއި ވިޔަފާރިތަކަށް ބީއެމްއެލް އިން ލިބެންހުރި ހިދުމަތްތައް ފާހަގަ ކުރައްވައިފަ އެވެ.
"ބޯހިޔާވަހިކަމަށް ބަލާއިރު އިތުރު ރަހުނަކާ ނުލާ އައްޑޫގައި ގެދޮރު ހެދުމަށް މިހާރު 3 މިލިއަން ރުފިޔާ ލިބޭނެ. އަދި ރިސޯޓްތަކުގައި މަސައްކަތްކުރަމުންދާ އައްޑޫގެ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަން ހޯދުމަށް ހާއްސަ ޕްރޮޑަކްޓެއް މިހާރު މިވަނީ ތައާރަފްކޮށްފައި. އައްޑޫގެ ވިޔަފާރިތަކަށް އެއްވެސް ރަހުނަކާ ނުލާ ވިޔަފާރި ހިންގުމަށް ބޭނުންވާ ވާކިން ކެޕިޓަލްގެ ގޮތުގައި 3 މިލިއަން ރުފިޔާގެ ލޯނު މިހާރު ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން:
އައްޑޫގެ މަސްވެރިންނަށް ވެސް މިހާރު ވަޒީފާ އަދާކުރާ އެހެން މީހުންނަށް ބެންކުން ދޫކުރާ ހުރިހާ ލޯނަކަށް ހުށަހެޅޭނެ
ގެސްޓްހައުސް އަދި ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާ ފަރާތަތްކަށް ވެސް އެ ވިޔަފާރިތަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަށް ބަލައި ދޫކުރާ ލޯނު މިހާރު ލިބޭނެ
ޝަރީފް ވިދާޅުވީ ބީއެލްއެލް އޮތީ މުޅި އައްޑޫގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ މާލީ، ޑިޖިޓަލް ވަސީލަތްތަކާއި ހިދުމަތްތައް އަދި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށެވެ.
"ބޭންކު މިއޮތީ ހުރިހާ ގޮތަކުން ވެސް އައްޑުގެ ތަރައްގީއަށްޓަކައި އެހީތެރިވުމަށް. މިކަމަށްޓަކައި ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތްކުރުން. ތިޔަ ބޭފުޅުންގެ ބޭންކް އަބަދު ވެސް އޮންނާނީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި - ބީއެމްއެލްގެ ސްވައިޕް ހިދުމަތް އައްޑުއަށް ތައާރަފު ކުރި އިރު، އައްޑޫގެ 300އަށް ވުރެ ގިނަ ވިޔަފާރިތަކުން އެ ހިދުމަތް ލިބޭނެ އެވެ.
އައްޑޫ ވިޔަފާރިތައް ކުރިއަރުވަން ބީއެމްއެލް އޮތީ ތައްޔާރަށް: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ