އެފްއޭއެމް ވެޓަރަންސް ކަޕް ސެމީގައި ނިއު، ވިލިމާލެ، ހުޅުމާލެ އަދި ޕޮލިސް އެފްއޭއެމް ވެޓަރަންސް ކަޕް ސެމީގައި ނިއު، ވިލިމާލެ، ހުޅުމާލެ އަދި ޕޮލިސް

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕްގެ ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިލިމާލެ ޔުނައިޓެޑާއި ހުޅުމާލެ ވެޓަރަންސް ކްލަބް އަދި ޕޮލިސް ކްލަބް ބައްދަލުކުރަން ޖެހިއްޖެ އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗަށް ފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ވަނީ ނިމިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، އިއްޔެ ހަވީރު ޕޮލިހުން ވަނީ 5-0 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފަ އެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު، ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ކުޅުނު ހަަތަަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު ވިލިމާލެ އެވެ. ދެ ވަނައިގައި ނިންމި ނިއު އަށް ހަތް ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ މުއިވެޔޮ ފްރެންޑްސް އަށް ލިބުނީ ހަ ޕޮއިންޓެވެ. ހަތަރެއްގައި އޮތް ދިވެހި ސިފައިންގެ ކްލަބަށް ހަތަރު ޕޮއިންޓް ލިބުނުއިރު، މި ގްރޫޕްގެ ފުލަށް ދިޔަ ދަ ގްރާންޑޭ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕް ބީގެ އެއް ވަނަ ހޯދި ހުޅުމާލެ އާއި ދެ ވަނަ އަށް ދިޔަ ޕޮލިހަށް ވެސް ލިބުނީ 10 ޕޮއިންޓެވެ. ތިން ވަނަ ދިޔަ ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އަށް ހަ ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމި ޔޫވީ އާއި ފަސް ވަނަ އަޑް ދިޔަ ބުރު ސްޕޯޓްސް ކްލަބަށް ލިބުނީ ޕޮއިންޓެކެވެ.
މާދަމާ ހަވީރު ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ވިލިމާލެ ޔުނައިޓެޑުން ކުޅޭނީ ޕޮލިސް ކްލަބާ އެވެ. އަދި، ސެމީ ފައިނަލް ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ހުޅުމާލެ ވެޓަރަންސް އިން ކުޅޭނީ ނިއު ރޭޑިއަންޓްއާ އެވެ. ފައިނަލް މެޗު އޮތީ މި މަހު 16 ވަނަ ދުވަހު ގަ އެވެ.
މި އަހަރުގެ ކުރިން، އެފްއޭއެމް އިން ސީދާ ހިންގުމާ ހަވާލުވެގެން ވެޓަރަންސް މުބާރާތެއް ބޭއްވީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ފެށި މި ވެޓަރަންސް މުބާރާތް އެފްއޭއެމް އިން ބޭއްވި ފަހުން، ދެން، އެފްއޭއެމާ ގުޅިގެން ހިންގުމުގެ ކަންތައްތަކާ ހަވާލުވެގެން ބޭއްވީ އެކިއެކި ފަރާތްތަކުންނެވެ. އެ ގޮތުން، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް)، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އަދި ކްލަބް އިވެންޓްސް އިން ވެސް ވަނީ މި މުބާރާތް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ