މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު، އެ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން "މުނިސިޕަލް އެލަވަންސް" އެއް ތައާރަފްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފި އެވެ.
މައްޗަންގޮޅީގައި ރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ޒަރިޔަންދު ވިދާޅުވީ، އޭނާ މޭޔަރުކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުވެސް ސިވިލް ސާވިސް ކޮމިޝަނާއި ޕޭ ކޮމިޝަނާ ގުޅިގެން މި މަސައްކަތް ފަށްޓަވާނެ ކަމަށެވެ. މި އެލަވަންސް ދިނުމުގައި ބަލާނީ ހެކީގެ މައްޗަށާއި، ކުރެވޭ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، މުވައްޒަފުން ކުރާ މަސައްކަތުގެ ނިސްބަތުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ކައުންސިލް މުވްޒަފުންގެ މުސާރަ މުސާރަ ބޮޑުކުރި ކަމަށް ބުނެ މުއިއްޒުގެ ސަރުކާރުން އިޝްތިހާރު ކުރަމުންދިޔަ ނަމަވެސް، ހަގީގަތުގައި ގިނަ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
ވެރިންގެ ހާޒިރީ އެލަވަންސް ބޮޑުވެފައި، އެހެން މުވައްޒަފުންގެ އެލަވަންސް މަދުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
"އިހުމާލުވެގެން ރަނގަޅު ހިދުމަތްތަކެއް ނުދެވެނެ،" ޒަރިޔަންދު ވިދާޅުވި އެވެ.
ކައުންސިލްގެ ބައެއް މުވައްޒަފުންނާމެދު އިހާނެތިކޮށް އަމަލުކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން، ޒަރިޔަންދު ވިދާޅުވީ އޭނާގެ އަމާޒަކީ މުވައްޒަފުންނަށް ހައްގުވާ މިންވަރު ހޯދައިދީ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. އަދި މުނިސިޕަލް އެލަވަންސްގެ ސަބަބުން މުވައްޒަފުންގެ މާލީ ހާލަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މީގެ އިތުރުން، ކައުންސިލްގެ ވަސީލަތްތައް ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން ހުއްޓުވައި، ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދޭނެ ކަމަށްޓަކައި ކުރިން ވެފައި ހުރި އިހުމާލުތަކުގެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް މުނިސިޕަލް އެލަވަންސެއް ދޭން ޒަރިޔަންދު ވައުދުވެއްޖެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް މުނިސިޕަލް އެލަވަންސެއް ދޭން ޒަރިޔަންދު ވައުދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ