5 ކިލޯގެ ޑްރަގް އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށް

މީގެ ދެ އަހަރު ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 5 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތްކުރަނިކޮށް އަތުލައިގަތް ޕާކިސްތާނު މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - 12 މާޗު 2024ގައި، ޕާކިސްތާނުގެ މީހެއް ކަމަށްވާ އަބްދުއްލަތީފް ބަލޮޗްގެ ނަމުގައިވާ ލަގެޖެއް އޭނާގެ ހާޒިރުގައި ކަސްޓަމްސްގެ އޮފިސަރުން ބަލައި ފާސްކުރިއިރު، ލަގެޖުގައި އޮތް ކަޅު ދަބަހަކުން 5 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.
ތަފްސީލް - ގަތަރު އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައި ޕާކިސްތާނު އެ މީހާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ ޖަދުވަލު 1ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ އިންކާރުކުރި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ:
ލަގެޖު ބެލްޓަށް އެ ދަބަސް ދޫކޮށްލާފައި އޮތް ނަމަވެސް އެ ދަބަހުގެ ޓެގުގައި ބަލޮޗްގެ ނަން އޮތް ކަމާއި، އެ ދަބަހަކީ އޭނާ ޗެކިން ކުރި ދަބަހެއްކަން ސާބިތުވާ ކަމަށް؛ އެހެންކަމުން ލަގެޖުން ފެނުނު މަސްތުވާތަކެއްޗަށް އޭނާ ޒިންމާވާން ޖެހޭ
މިހާތަނަށް ޖަލުގައި އެއް އަހަރާއި 11 މަހާއި 10 ދުވަސް ހޭދަކޮށްފައިވާތީ ހުކުމުން ދެން ތަންފީޒުކުރަން ޖެހޭނީ 23 އަހަރާއި 20 ދުވަހުގެ ޖަލު ހުކުމެއް
2 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން ހުކުމްކުރީ 12 މަސްދުވަހުގެ ތެރޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ