ބަންޑުން ޖަހާލި ދޯނީގައި ހުރި މުދާތައް އޮޔާދާތީ، ސަމާލުވާން އެދެފި
މާލެ އަތޮޅު އެނބޫދޫފިނޮޅު ކައިރިން މިއަދު ހެނދުނު ބަންޑުން ޖަހާލި މުދާ އުފުލާ ދޯނީގައި ހުރި މުދާތައް އޮޔާދާތީ، ކަނޑު ދަތުރުފަތުރުކުރާ މީހުން ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ. ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި ބޯޓެއް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލި ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު 7:27 އެހާކަންހާއިރެވެ. ފުލުހުން ބުނީ، "ބަލަމާ 6" ދޯނީގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލާދީ ފުލުހުން ބުންޏެވެ. https://x.com/PoliceMv/status/2012804577444380895 އެ ބޯޓުން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ސަލާމަތްކޮށްފައިވާއިރު، ބޯޓުގެ ކެޕްޓަން ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. އެއީ، ދިވެއްސެކެވެ. އޭނާއާ އެކު ދަތުރުކުރި އިތުރު ބިދޭސީ މީހެއް ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުންނާއި ސިފައިން ވެސް ހިއްސާކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ