އަސާސީ މުދަލުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯއިން އޭޖެންޓުން ހޯދަނީ

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ އަސާސީ މުދަލުގެ ބާވަތްތައް ވިއްކުމަށް އޭޖެންޓުން ހޯދުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.
ރާއްޖޭގެ ބާޒާރުގައި ދިވެހިން އާއްމުކޮށް ކެއިންބުއިމުގައި ބޭނުންކުރަމުން އަންނަ ބާވަތްތަކުގެ ތެރެއިން އެންމެގިނައިން ބޭނުންކުރަމުން އަންނަ 23 ބާވަތެއް ފާހަގަކޮށް ސަރުކާރުން ވަނީ އެއީ އަސާސީ މުދަލުގެ ގޮތުގައި ބަލައި އެސްޓިއޯ މެދުވެރިކޮށް އެތަކެތި އެތެރެކުރަން ފަށާފައެވެ.
އެސްޓީއޯއިން މިއަދު ވަނީ ގެޒެޓްގައި އެ 23 ބާވަތެއް ވިއްކުމަށް އެޖެންޓުން ހޯދުމަށް އާއްމުކޮށް އިއުލާނުކޮށްފައެވެ. އަސާސީ އެ މުދަލުގެ ބާވަތްތައް ވިއްކަންޖެހެނީ އެސްޓީއޯއިން ކަނޑައަޅާފައިވާ އަތޮޅުތެރޭގެ ރަށްތަކުގައެވެ. އެޖެންޓުންނަށް ވެވެނީ ވިޔަފާރިކުރުމުގެ ހުއްދަ އޮންނަ ކުންފުނިތަކަށެވެ.
- ހއ ދިއްދޫ
- ހއ އިހަވަންދޫ
- ރ އަލިފުށި
- ރ ދުވާފަރު
- ޅ ނައިފަރު
- ލ ގަމު
- ގދ ގައްދޫ
އެސްޓީއޯއިން ބުނީ، އޭޖެންޓުންގެ އަދަދު ކަނޑައަޅާނީ އެރަށެއްގެ އާބާދީއަށް ބެލުމަށްފަހު ކަމަށެވެ. އަސާސީ 23 ބާވަތުގެ މުދާ އަތޮޅޫތެރޭގެ ރަށްތަކުގައި ވިއްކުމަށް އެސްޓީއޯއިން އޭޖެންޓުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު، މީގެ ކުރީ ދެ އަހަރުގެ ރޯދައެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުވެސް މާލޭ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ބާޒާރުގެ އަގުތައް ހެޔޮކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ބާޒާރުމަތީ އަތޮޅުފިހާރަތައް ހުރި ދިމާލުގައި އެސްޓީއޯގެ އައުޓްލެޓެއް ގާއިމްކޮށް އަގުހެޔޮކުރި 23 ބާވަތުގެ މުދާ ހޯލްސޭލްކޮށް ވިއްކަމުންދާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ