އުރީދޫން ދޭ 14 ވަނަ އުމްރާ ދަތުރު ނުޒުހާއަށް

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ލިވް އަންލިމިޓަޑް ކެމްޕެއިން ގެ ތެރެއިން 14 ވަނަ އުމްރާ ދަތުރު މ. މުލަކަށް ނިސްބަތްވާ ނުޒުހާ އިބްރާހިމް ހޮވިއްޖެ އެވެ.ނަސީބުވެރިއަކަށް ހޮވުނު، މ. މުލަކަށް އުފަން ނުޒުހާ އިބްރާހިމްއަށް ލިބުނީ އުމްރާ ދަތުރެކެވެ. މި ހާއްސަ ޕްރޮމޯޝަންގެ ދަށުންނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭނެނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރެއް ދޭން ވަނީ ހަމަޖެހިފައިމި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ 2މީހަކަށް ހައްޖު ދަތުރެއްމި ޕްރޮމޯޝަންގައި ބައިވެރިވާނީ ކިހިނެއް؟އުރީދޫ ކަސްޓާމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލު ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުންއުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލު ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުންޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެއުރީދޫއިން ބުނީ މި ކެމްޕެއިން ކުރިއަށްގެންދަނީ އެ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަން ކުރަން ކަމަށެވެ.20 އަހަރުގެ ކުޑަމުއްދަތުގައި އުރީދޫ އިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ