ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއް ހޯދަން ދެ އަތޮޅެއްގައި ހާއްސަ މަސައްކަތްތަކެއް ހިންގަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިއީ މިދިޔަ ނޮވެމްބަރު އެއްފަހަރާ 500 އަށްވުރެ ގިނަ ފުލުހުން ނެރެގެން ފެށި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. މިއަދު ހެދުނުން ފެށިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން ދަނީ ގއ. އަތޮޅާއި މާލެ އަތޮޅުގަ އެވެ.
މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތެކީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
"މި އޮޕަރޭޝަނުގެ ތެރެއިން، ތުހުމަތުކުރެވޭ ފަރާާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ،" ފުލުހުން ބުނެފައިވެ އެވެ.
މިއިީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި ފުލުހުންގެ މައި އިންޓެލިޖެންސް ޑިޕާޓްމަންޓު އަދި ޑްރަގު އެންފޯސްމަންޓު ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނޮވެމްބަރު 15، ގައި ހިންގި އޮޕަރޭޝަން އަލިމަގުގެ ފުރަތަމަ ބޮޑު އޮޕަރޭޝަނުގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 110 މީހުން ހައްޔަރުކުރި އެވެ. އޭގެތެރެއިން ކޯޓަށް ހާޒިރުކުރީ 38 މީހެކެވެ.
މި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވިއިރު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 39 ރަށުގައި މި އޮޕަރޭޝަން ހިންގި އެވެ. އަދި 105 ތަނެއް ބަލައިފާސްކޮށް ނުވަ އެއްގަމު އުޅަނދާއި ކަނޑު އުޅަނދެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުނެ އެވެ.
އެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ކުށްކުރާ ގޭންގުތަކާއި ދެކޮޅު އޮޕަރޭޝަންތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޭންގު ގާނޫނެއް ވެސް މި ސަރުކާރުން ވަނީ ހަދަައިފަ އެވެ. ބެލެވޭ ގޮތުގައި ނޮވެމްބަރު މަހުގެ އޮޕަރޭޝަނެކޭ އެއްގޮތަށް މިއަދުގެ އޮޕަރޭޝަން ގައި ގޭންގު ގާނޫނުގެ ބޭނުން ފުލުހުން ހިފާނެ އެވެ.
ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަނީ ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ