މިއަދުން ފެށިގެން ކަނޑުއޮތްގިރިން ކަންނެލިގަތުމުގެ އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ބުނެފައިވަނީ، ކަނޑުއޮތްގިރިން ކަންނެލި ގަންނަން ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ހުރި ދަތިތަކަށް ހައްލު ގެނެސްދިނުންކަމަށެވެ.
މިފްކޯއަށް ކަންނެލި ނުކިރާ މައްސަލައަކީ، ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ކަންބޮޑުވުމެއްގެ ގޮތުގައި އޮތްކަމެކެވެ.
އެގޮތުން މިފްކޯއާ ގުޅުންހުރި ތަންތަނަށް ކަންކެލި ކިރޭގޮތް ވުމަކީ މަސްވެރިންނަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށްާނޭކަމަށް މަސްވެރިކަމުގެ ވުޒާރާއިން ވަނީ ބުނެފައެވެ.
ކަނޑުއޮށްގިރީގައި ކަންނެލި ކިރުމަށް ދޯންޏަކުން ތައްޔާރުވަނީ
މިހާތަނަށް މަސްވެރިންގެ އަތުން ބޮޑުކަންނެލި ގަންނަމުން ގެންގޮސްފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުންނެވެ.
ކަނޑުއޮށްގިރީގައި ކަންނެލި ކިރަނީ...
ކަނޑުއޮތްގިރިން ކަންނެލި ކިލޯއެއް 15 ކިލޯއިން މަތިނަމަ 25 ރުފިޔާއަށް ގަތުމަށް ނިންމާފައިވާއިރު، ކަނޑުއޮތްގިރިއަށް މިހާރު ކަޅުބިލަމަސް ކިރުވޭނޭކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ސަރުކާރާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢު ކުރިއަށްދާނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ފަންޑުގެ ދަށުންނެވެ.
ކަނޑުއޮތްގިރިން ކަންނެލި ގަންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ