ޝަހީދު އަލީ ސްކޫލް ހުޅުވާއިރު މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަނީ މޫސުން ގޯސްވެ ދުރު ނުފެންނަ ނަމަ ވައިގެ ދަތުރުތައް ކުރާނީ ހާއްސަ އުސޫލަކުން ގޯލްޑަން ފުޓްސަލް މުބާރާތުގައި އުރީދޫގެ ހާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް ފަށައިފި ލަންކާ އިން ވިސާ ހޯދަން


މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ “އެނާޖީ ޓްރާންސިޝަން: ޕާތުވޭސް، ރީޖަނަލް އެޕްރޯޗަސް، އެންޑް ޕާޓްނާޝިޕްސް” ގެ ނަމުގައި ކުރިއަށްދިޔަ ހާއްސަ ސެޝަނެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ސެޝަނުގައި މިނިސްޓަރު ވަނީ ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި، ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ރާވައި ހިންގުމުގައި އެ ސަރަހައްދެއްގެ މާހައުލާ ހުރި ގުޅުންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުއްވިއެވެ. އަދި އެގޮތަށް އަމަލުކުރުމުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުން ހަލުވިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމުގެ ނިޒާމުތައް ބަދަލުކުރުމުގައި ހުރި މަގުތަކާއި، ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މިނިސްޓަރު ތޯރިގު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މިނިސްޓަރު ތޯރިގު ގެންދަވަނީ ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކޮށް، ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
Hakathauge landudhandithah haasilukuran international gulhunthah muhinmu: Thoriq
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ