އުމްރާއިން އައީ އިއްޔެ، އާއިލާއެކު ތޮއްޑޫގައި ހުއްޓާ މިއަދުވީ މަރު
އިއްޔެ އުމްރާގެ އަޅުކަމަށް ފަހު މާލެ އައި، މީހަކު އއ. ތޮއްޑޫގައި ހުއްޓައި މިއަދު މަރުވެއްޖެއެވެ. ކުއްލި މަރަކުން، މަރުވީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އަހުމަދު ލަތީފް (ރަތަމަލާނާ އަހުމަދު) އެވެ. ފުވައްމުލައް ސިޓީ ކައުންސިލުގެ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު އައިމިނަތު އިނާޔާ 'ސަން'އަށް ވިދާޅުވީ، އޭނާ މަރުވީ، ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ. އެނގެނީ، ހަމަ ކުއްލި ގޮތަކަށް "ހުއްޓުނީ"ކަން ކަމަށާއި، އިތުރު ތަފްސީލް އަދި ނޭނގޭކަމަށް ވިދާޅުވިއެވެ. އަހުމަދަކީ އިނާޔާގެ ބޭބެ ކަމަށްވާއިރު، އުމްރާ ނިންމުމަށް ފަހު، އަހުމަދު މާލެ އައީ އިއްޔެއެވެ. އެއަށް ފަހު، ރަށަށް ނުގޮސް، ދިޔައީ އާއިލާއެކު ޗުއްޓީއަށް ކަމަށް އިނާޔާ ވިދާޅުވިއެވެ. މިއީ، މިއަދު ފެންމަތިވި ދެވަނަ މަރެވެ. އެގޮތުން، ކުޅުދުއްފުށި ސިޓީގައި ކުއްލި ގޮތަކަށް 16 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ. ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އަހުމަދު އަބްދުﷲ "ސަން" އަށް ވިދާޅުވި ގޮތުގައި އެ ކުއްޖާ މަރުވީ ކޮން ސަބަބަކާ ހުރެކަން ނޭނގުނު ނަމަވެސް އެއީ ކުއްލި މަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ