އައްޑޫ މީހެއް ތިން ދަތް ނެގި ފަހުން މަރުވި މައްސަލަ ބަލަނީ ހޮޅުދޫ ގެެއެއްގެ ތެެރެއިން ޒަހަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ ޑައިވިނަށް ދިޔަ ތައިލެންޑް އަންހެނަކު ނިޔާވެއްޖެ ޖަމީލުގެ ފުރިހަމަ ތަހުގީގެއް ހިންގަން ރައީސް ނަޝީދު ގޮވާލައްވައިފި

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަޒްފާ ނިޔާވެފައިވާކަން އެނގުނީ މިއަދު ހެނދުނު އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ބެލިއިރު އެވެ. މި ހާދިސާ ހިނގާފައި ވަނީ ވަރަށް ކުއްލި ގޮތަކަށެވެ. ޝަޒްފާ އަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހެލްތް ކެއާ އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ސާމިޔާ އަލީގެ ދަރިފުޅެވެ.
ޝަޒްފާ އަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރެކެވެ. އޭނާ އަކީ އެ ސްކޫލުގެ އީއެލްއޭގެ ވައިސް ޕްރެޒިޑެންޓްކަން ވެސް ކުރަމުން އައި ހުނަރުވެރި ދަރިވަރެކެވެ. މި ކުއްލި ވަކިވުމާ ގުޅިގެން އެ މަރުކަޒުން ވަނީ ފުން ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވާފަ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން މަރުހޫމާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިޔައީ މިއަދުގެ އަސްރު ނަމާދަށް ފަހުގަ އެވެ. ކަށުނަމާދު އޮތީ މަސްޖިދުލް ހަދާރަތުގަ އެވެ. އަދި ޝަޒްފާގެ ހަށިގަނޑު ވަޅުލާފައި ވަނީ އެ ރަށު ރަހުމާ ސަހަރާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ