މަޖިލިސް އިންތިޚާބާ ދިމާކޮށް ބަންގްލަދޭޝްއިން އޮންއެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލަނީ
ބަންގްލަދޭޝަށް ދަތުރުކުރާ ހުރިހާ ދަތުރުވެރިންނަށް އޮންއެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމައިފައިވާތީ އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ފޮރިން މިނިސްޓްރީން މިއަދު އަންގައިފިއެވެ. އެ މިނިސްޓްރީން ބުނީ އޮންއެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓައިލަަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ކަމަށެވެ. އޮންއެރައިވަލް ވިސާ ދިނުން ހުއްޓައިލާނީ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށެވެ. ފޮރިން މިނިސްޓްރީން ބުނީ އެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިން ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ވިސާ ނަގަން ޖެހޭނެ ކަމަށެވެ. ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލީ މަޢުލޫމާތު ލިންކުން ލިބޭނެއެވެ. ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަން ހުންނަނީ ހުޅުމާލެ ނިރޮޅުމަގު 16 ނަންބަރު ގޯޅީގައެވެ. ފޯން ނަންބަރަކީ 3320859އެވެ. އީމެއިލަކީ [email protected] އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ