ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ޖުމްލަ އަގަކީ 19.80 މިލިއަން ރުފިޔާއެވެ.
- 14,929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން.
- 4,101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން.
- 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން.
- 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
- 350 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި ބްރިޖެއް ހެދުން.
- 1,750 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުން.
- ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ މިފަދަ އުމްރާނީ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބާރުއަޅަމުންނެވެ.
ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ