މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކުރުމަށް ފަހު އެ ބޯޑަށް މ. ހަޒާރީވިލާ، މުހައްމަދު ލަމްއާން އައްޔަންކޮށްފި އެވެ.
ވީކިހިނެއް؟ - އެމްޕީއެލްގެ ބޯޑަށް މި ބަދަލު ގެނައިކަން ޕީސީބީން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ތަފްސީލް - ޕީސީބީން ބުނި ގޮތުގައި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް ލަމްއާން އައްޔަންކުރީ މިއަދެވެ.
ކުރިން މައުލޫމާތު ލިބުނު ގޮތުގައި އޭނާ އައްޔަން ކުރަން ހަމަޖެހިފައިވަނީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށެވެ. އެ މަގާމަށް އޭނާ އަދި އައްޔަންކުރާނެ ކަމެއް ނޭނގޭ އެވެ.
އޭގެ ކުރިން އޭނާ ހުންނެވީ އެއާޕޯޓް ކުންފުނި، އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ.
ފާހަގަކުރެވޭ - މި މަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. ބައެއް ކުންފުނިތަކުގެ ވެރިން ވަކިކުރައްވާފައިވާއިރު ބައެއް ބޭފުޅުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ބަދަލުގައި ކުންފުނިތަކަށް އާ ވެރިން އަންނަނީ ހަމަޖައްސަމުންނެވެ.
އެމްއޭސީއެލް ޑީއެމްޑީކަމުން ވަކިކުރި ލަމްއާން އެމްޕީއެލްގެ ބޯޑަށް އައްޔަންކުރީ ޒިޔަތު ވަކިކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ