ރިޔާސީ ބަޔާން އިއްވާތީ އަންނަ މަހުގެ 5 ވަނަ ދުވަސް ބަންދުކުރަން ނިންމައިފި އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ- ރައީސް މި މަހު ފުލެޓު ލިސްޓު އާންމުކޮށް ސެޕްޓެމްބަރުގައި ހަވާލުކުރާނަން: ރައީސް މަސްވެރިންނަށް ބޭންކުތަކުން ލުއ

ޗާގޯސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ސަރުކާރުން ރަސްމީކޮށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ފޮނުއްވި ކަމަށް ބުނާ އެ ސިޓީފުޅު އަނބުރާ ގެނައުމަށް ނިންމެވީ، އެއީ ގާނޫނީ ގޮތުންނާއި ދުސްތޫރީ ގޮތުން ސުވާލު އުފެދިފައިވާ ކަމަކަށް ވާތީ ކަމަށެވެ.
ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވި ކަންކަން:
މީގެ އިތުރުން، ގެއްލިފައިވާ ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ކަނޑައަޅުއްވައި، ރައީސް ވަނީ އެކަން މިއަދު އިއުލާނު ކުރައްވާފައެވެ. އަދި ދިވެހިންގެ ސިޔާދަތީ ބާރު ހިމާޔަތްކުރުމަށްޓަކައި އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ