ހެލްތް މިނިސްޓަރު ކަމަށް އަހުމަދު ޒުހޫރް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް އަހްމަދު ޒުހޫރު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އަހުމަދު ޒުހޫރަށް މަގާމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އެވެ.
އަހުމަދު ޒުހޫރް މިހާތަނަށް ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ. ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ޒުހޫރަށް ދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ފުރަތަމަ ހެލްތް މިނިސްޓަރުކަން ކުރެއްވީ ޑރ. މަރިޔަމް ޝަކީލާއެވެ. ނަމަވެސް އެކަމަނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނެގުމަށްފަހު ވަނީ އެމަގާމުން ދުރުކުރައްވާފަ އެވެ. އޭގެފަހުން ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިނގަވަމުން ގެންދެވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއެވެ. ނަމަވެސް ރައީސް އޮފީހުން ބުނެފައި ވަނީ ހެލްތު މިނިސްޓްރީ ހިންގަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ