ނައިބު ރައީސް އަހްމަދު އަދީބްގެ ޤާނޫނީ ވަކީލް، ހުސައިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފިއެވެ.
ޝަމީމް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައި ވަނީ މިއަދު މެންދުރު 3:00 އަށެވެ.
ޝަމީމަށް ފޮނުވާފައިވާ ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ވަނީ، ޝަމީމް ކޯޓަށް ހާޒިރު ކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް ކަމަށެވެ.
ނައިބު ރައީސްގެ ވަކީލް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައި ވާއިރު، ރާއްޖޭގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ކުއްލި ހާލަތު އިއުލާންކޮށްފައި ވަނީ މިއަދު މެންދުރު 12:00 ން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.
ކުއްލި ހާލަތުގެ ދަށުން ރިޔާސި ލޯންޗުކޮޅުގައި ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ހައްޤުތައް އުނިކޮށްފައި ވާއިރު، ނައިބު ރައީސް އަހްމަދު އަދީބަކީވެސް މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތެކެވެ.
ނައިބު ރައީސްގެ ވަކީލް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ