އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކަށް ކުދިން ވައްދަން މިއަދު ހުޅުވައިލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރު ސްކޫލުތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކަށް ވެސް އަލަށް ކުދިން ވައްދާނީ އެ ފޯމު މެދުވެރިކޮށް ކަމަށް، މިނިސްޓްރީން ބުންޏެވެ.
މި މަހުގެ 16ވަނަ ދުވަހު މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައިލައި 17ވަނަ ދުވަހުން ދަރިވަރުން ވަނީ ޗުއްޓީއަށް ގޮސްފައެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ، އަންނަ އޮގަސްޓު މަހުގެ ދެވަނަ ދުވަހެވެ.
ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ