މުހައްމަދު އަބްދުﷲ ކިޔާ މީހަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގ. ޖީޒާން، މުޙައްމަދު ޢަބްދުﷲއަކީ އެ މިނިސްޓްރީން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ, ނަމަވެސް މިހާތަނަށް ނުފެނިފައިވާ މީހެއް ކަމަށެވެ. މީނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެކަން މި މިނިސްޓްރީއަށް އަންގަވައިދެއްވުން އެދޭ ކަމަށް އެ އިއުލާނުގައި ވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މުޙައްމަދު ޢަބްދުﷲ މާލޭގައި ނުވަތަ މާލެއާ ކައިރީ ރަށެއްގައި އުޅޭނަމަ، ތިން ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
މުހައްމަދު އަބްދުﷲ ކިޔާ މީހަކު ހޯދަން “ހައުސިން މިނިސްޓްރީން” އިއުލާނު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ