މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ޔެލޯ އެލާޓް ނެރެފި އެވެ.
ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތް ބެލުމަށްފަހު އެ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ މާދަމާރޭ ގެ އިރުއޮއްސި 8:00 ޖަހަންދެނެވެ.
އެ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށައި، އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ މި ވިއްސާރައިގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެންކަމުން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ