ނާސިރު ފުރުވާލުމުގައި އަޅުގަނޑުގެ ދައުރެއް ނޯންނާނެ: މައުމޫން

ކުރީގެ ރައީސް އިބްރާހިމް ނާސިރު ރާއްޖެއިން ފުރުވާލުމުގައި އެއްވެސް ދައުރެއް ނޯންނާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީއިން މިއަދު ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި ނާސިރު ރާއްޖެގައި ދިރިއުޅުނަ ނުދޭންވެގެން ރާއްޖެއިން ބޭރަށް ފުރުވާލުމުގައި މައުމޫންގެ ދައުރެއް އޮތްކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން މައުމޫން ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަަމަށެވެ. މައުމޫން ވިދާޅުވީ ނާސިރަކީ އެމަނިކުފާނުގެ ފުރިހަަމަ އިހްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ނާސިރު ރާއްޖެއިން ފުރާވަޑައިގެންނެވީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ. "އެއްގޮަތަކަށްވެސް އޭރު އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވެ އަޅުގަނޑު ދަންނަވައިގެއް ނޫން. އަމިއްލުފުޅަށް ފުރާވަޑައިގަތީ،" މައުމޫން ވިދާޅުވި އެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނަސީރު ރާއްޖެ ދޫކުރައްވައި ދެން މުޅިން ހެން އާއިލާއާއެކު އުޅުއްވީ ސިނގްޕޫރުގަ އެވެ. އަދި އޭގެ ފަހުން ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. އަދި އެމަނިކުފާނު ދިރުއުޅުއްވި ވެލާނާގެ ސަރުކާރަށް ނަގައި މިހާރު ބޭނުންކުރަމުންދަނީ ސަރުކާރުގެ އޮފީސް އިމާރާތެއްގެ ގޮތުގަ އެވެ. އިބްރާހިމް ނާސިރު އަވަހާރިވީ 2008 ވަނަ އަހަރު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގަ އެވެ. ނަމަވެސް ރާއްޖޭގެ ހުކުރު މިސްކިތުގައި ރަސްމީ އިއްޒަތުގައި އެމަނިކުފާނު ފަހުން ވަނީ ފަސްދާނުލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ