ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަވާނީ ފްރާންސާއި ސްޕޭން ކަމަށް ދިފާއީ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނެފި އެވެ.
ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ކުޅުންތެރިޔާ ބުނީ އޭނާ އަކީ އަދިވެސް ވާދަވެރި ކުޅުންތެރިއެއް ކަމަށާއި ފުޓްބޯޅައިގައި ހުރިހާ މުބާރާތެއް ވެސް ކާމިޔާބު ކުރަން އޭނާ ބޭނުންވާ ކަމަށެވެ.
"އަހަރެންނަކީ ވާދަކުރަން ބޭނުންވާ މީހެއް. ހުރިހާ އެއްޗެއް ވެސް ކާމިޔާބު ކުރަން އަހަރެން ބޭނުންވާނެ. އަހަރެން އެންމެ ކުޑަމިނުން އަހަރެންގެ ދަރިފުޅު ވީޑިއޯ ގޭމުގައި ވެސް މޮޅުވިޔަ ނުދެން،" އުމުރުން 39 އަހަރުގެ މެސީ ބުންޏެވެ.
އޭނާ ބުނީ ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އެންމެ ފަހުގެ ރަނަރަބް ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ސްޕޭނުގެ ހުރިހާ ކުޅުންތެރިން އެކުވުމުން އެއީ ވަރަށް ވަރުގަދަ ދެ ޓީމު ކަމަށެވެ.
"މިވަގުތު އެ ދެ ގައުމުގައި ވެސް އިންޖަރީގެ މައްސަލަ އެބައުޅޭ ވަރަށް ގިނަ ކުޅުންތެރިންގެ. އެކަމަކު އެ މީހުންގެ ހުރިހާ ކުޅުންތެރިން އެކުވީމަ އެ މީހުން ވަރުގަދަވާނެ. މޮޅުވާން ހިތްވަރު ލާނެ. މިވަގުތަށް ބެލި ނަމަވެސް ފްރާންސް އެއޮތީ ވަރަށް ވަރުގަދަކޮށް. އެ މީހުންގެ މޮޅު ކުޅުންތެރިން ބައިވަރު،" މެސީ ބުންޏެވެ.
ނުސީދާކޮށް އޭނާ ބުނީ އާޖެންޓީނާ އަށް މުބާރާތް ދިފާއު ކުރަން ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކަށްވާނީ ވެސް މި ދެ ގައުމު ކަމަށެވެ.
"އިންގްލޭންޑް އަދި ބްރެޒިލް ސްޕޭން އަދި ޕޯޗުގަލް ވެސް ވަރަށް ވާދަވެރިވާނެ،" މެސީ ބުންޏެވެ.
އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި އާޖެންޓީނާ ހިމެނެނީ އަލްޖީރިއާ އައި އޮސްޓްރިއާ އާއި ޖޯޑަންއާ އެކު ގްރޫޕް ޖޭގަ އެވެ.
ގޭމް ކުޅޭއިރު ދަރިފުޅު ވެސް މޮޅުވިޔަ ނުދެން: މެސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ