ދޮރެއްގައި ޓަކިޖެހުމާއި ބެލްޖެހުން އަންހެނަކަށް ކޯޓުން މަނާކޮށްފި

އެއްވެސް ކަމަކާ ނުލާ ދޮރުތަކުގައި ޓަކި ޖަހަމުންނާއި ގޭގޭގެ ބެލްޖަހަމުން ދިޔަ އަންހެނަކަށް ކޯޓުން ވަނީ ދޮރެއްގައި ޓަކި ޖެހުމާއި ބެލްޖެހުން މަނާ ކޮށްފައެވެ.
އިގިރޭސި ވިލާތުގެ ފުލުހުން ހާމަ ކޮށްފައިވާ ގޮތުން މިފަދަ ހުކުމެއް އައިސްފައިވަނީ ކްލެއާ ބޯޑެން އޭނާގެ އަވައްޓެރިންނަށް އުދަގޫ ކުރާވަރުން އެތަކެއް ދުވަހަކު ނަސޭހަތް ދީ އިންޒާރު ދީގެން ވެސް އިސްލާހު ނުވުމުންނެވެ.
ކްލެއާގެ އަވައްޓެރިން ވަނީ އޭނާ އެމީހުންގެ ގޭގޭގެ ދޮރުގައި ޓަކިޖަހައި ބެލްޖަހާތީ އުދަގޫވެގެން ފުލުހުންނަށް ގުޅައި ޝަކުވާ ކޮށްފައެވެ. ކްލެއާ ޓަކިޖަހައި ހަަދަނީކީ ކޮންމެހެން އެއްވެސް ކަމެއް ބޭނުންވެގެނެއް ވެސް ނޫނެވެ. ކްލެއާގެ އުދަގޫ ބޮޑުވެގެން ފުލުހުން އޭނާ ހައްޔަރު ކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމުން ފަނޑިޔާރު އޭނާއަށް އެންގީ އަވައްޓެރިންނަށް އުދަގޫ ކުރުން ހުއްޓާލުމަށެވެ. ނަމަވެސް, އޭނާ އެކަމެއް ނުހުއްޓިއެވެ.
ހުކުމާ އެއްގޮތަށް ކްލެއާ އަމަލު ކޮށްފައި ނުވާތީވެ އޭނާ ހައްޔަރުކޮށް ދޭއް މަސް ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން އަމުރު ނެރުނެވެ. ނަމަވެސް, އަވައްޓެރިންނަށް އިތުރަށް ޖެއްސުން ނުކުރުމަށް ޝަރުތުކޮށް ކްލެއާއަށް އަނެއްކާވެސް ވަނީ އިތުރު ފުރުސަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ