ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށް ދެއްކޭނެ ހުއްޖަތެއްނެތް: ޑރ. ޖަމީލް

ސުޕްރީމްކޯޓުގެ ޙުކުމް ތަންފީޒު ނުކުރަން ސަރުކާރަށް ދެއްކޭނެ އެއްވެސް ޤާނޫނީ ހުއްޖަތެއް ނޯންނާނެ ކަމަށް، މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ފަސްކުރަމުންދާ މައްސަލައިގައި ވީމީޑިޔާގެ ލައިވް ކަވަރޭޖަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.
ޑރ ޖަމީލް ވިދާޅުވި ސުޕްރީމްކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި، އަދި ކޯޓުތަކުން ނިންމާ ހުކުމްތަކަށް ތަބާވުމަކީ ކަމާއިބެހޭ ފަރާތްތަކަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ޤާނޫނު ނެގެހެއްޓުމަކީ ސިފައިންނާއި ފުލުހުން ކޮށްފައިވާ ހުވައާއި އެއްގޮތަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުންގެ ހައްގުތައް އަދާކުރުމަށް ކުރަންޖެހޭ ކަންކަން ނުކޮށް، ސުޕްރީމްކޯޓުގެ އަމުރަށް އަމަލުކުރަން ފަސްޖެހޭނަމަ އެފަރަާތްތަކާއި މެދު ޤާނޫނީފިޔަވަޅު އެޅިގެންދާތަން މުސްތަޤްބަލުގައި ފެނިގެންދާނެ ކަމަށެވެ. އަދި އެކަން ނުކޮށް ފަސްކުރުމުން ތަންފީޒީ އިދާރާތަކުން ރައްޔިތުންނަށް ބުނެދެމުން އެދަނީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭކަން ކަމަށާއި، އެހެންކަމުން އެކަމުގެ ހިތްދަތިކަން ފަހުން އިހުސާސް ކުރަން ޖެހޭތަން ފެނިގެންދާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، ޤާނޫނު އަސާސީއަށްވުރެ އެއްވެސް ބޭފުޅަކަށް މަތީގައި ނުހުންނެވޭނެ ކަމަށާއި، ޤާނޫނީ އަމުރުތަކަށް ތަބާނުވެ ކުރެވޭނެ އިތުރު ދިރާސާއެއް އޮތްކަމަށް އެންމެ ތުއްތުކުއްޖާވެސް މިއަދު ޤަބޫލު ނުކުރާނެ ކަމަށެވެ. ދިވެހި ރައްޔިތުންގެ ހައްގުތައް އަދާކުރުމަށް ކުރަންޖެހޭ ކަންކަން ނުކޮށް، ސުޕްރީމްކޯޓުގެ އަމުރަށް އަމަލުކުރަން ފަސްޖެހޭނަމަ ޤާނޫނީފިޔަވަޅު އެޅިގެންދާތަން މުސްތަޤްބަލުގައި ފެނިގެންދާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، ޤާނޫނު އަސާސީއަށްވުރެ އެއްވެސް ބޭފުޅަކަށް މަތީގައި ނުހުންނެވޭނެ ކަމަށާއި، ޤާނޫނީ އަމުރުތަކަށް ތަބާނުވެ ކުރެވޭނެ އިތުރު ދިރާސާއެއް އޮތްކަމަށް އެންމެ ތުއްތުކުއްޖާވެސް މިއަދު ޤަބޫލު ނުކުރާނެ ކަމަށެވެ.
މީގެ އިތުރަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ، ވީހާވެސް އަވަހަކަށް އެމަނިކުފާނާއި އާއިލާ މާލެ ވަޑައިގެން، އިސްލާހަށްޓަކައި ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ