ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ވަނީ ދީފައި: ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު ކަނޑައެޅި ފައިސާ މިދިޔަ އާދިއްތަ ދުވަހު އެ ޕާޓީތަކާއި ހަވާލުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.މި އަހަރަށް ފާސްކުރި 27 ބިލިއަން ރުފިޔާގެ ބަޖެޓުން ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ ވަނީ ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ ހަތަރު ޕާޓީއަކަށް 23 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައި ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، ރާއްޖޭގައި ހުރި އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމަށެވެ. އެ ޕާޓީއަށް 10 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 7.4 މިލިއަން ރުފިޔާއެވެ. އަދި ޖުމްހޫރީ ޕާޓީ އާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް 2.7 މިލިއަން ރުފިޔާއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންއިން ފައިސާ ޖަމާކޮށްދޭން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ