އިދިކޮޅު ފަރާތްތަކުގައި ތިބީ ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ބައެއް- އައްސަދު

އިދިކޮޅު ފަރާތްތަކުގައި ތިބީ ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ބައެއް ކަމަށް ދާންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަޙްމަދު އައްސަދު ވިދާޅުވެއްޖެއެވެ.ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ވާދަކޮށްލެވޭ ވަރުގެ ސިޔާސީ ލީޑަރަކު އިދިކޮޅުގައި ނެތް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށާއި އެހެންނަމަވެސް އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ހަމައެކަނި ބޭނުންވަނީ ވެރިކަން ކަމަށްވެސް އައްސަދު ވިދާޅުވިއެވެ. އައްސަދު ވިދާޅުވީ، އިދިކޮޅުގައި ތިއްބެވި ފަރާތްތަކަށް ބަލާއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ 3 އަހަރުގެ ވެރިކަން ދިވެހިން ދެކެފައިވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ކަންކަންވެސް ހުރީ ރަނގަޅަށް ނޫންކަން ރައްޔިތުން ދަންނަ ކަމަށްވެސް އައްސަދު ވިދާޅުވިއެވެ.ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ނުކޮށްދޭނަމަ، ރައްޔިތުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރާނެ ކަމަށާއި، މިހާރު އެމަންޒަރު ނުފެންނަނީ ރަށްތަކުގައި އެތައް މަޝްރޫއެއް މި ސަރުކާރުން ހިންގަމުން ގެންދާތީ ކަމަށެވެ. އައްސަދު ވިދާޅުވީ، ތިމަންމެންގެ ރަށުގައި ބަނދަރު ނާޅާ ވާހަކައާއި ނަރުދަމާގެ ނިޒާމް ޤާއިމް ނުކޮށްދޭ ކަމަށް ބުނެ މިހާރު ރައްޔިތުން ޝަކުވާ ނުކުރާ ކަމަށެވެ.ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހޮވާނީ 75 އިންސައްތަ އަޣްލަބިއްޔަތުން ކަމަށްވެސް އައްސަދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ