ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެދުމުގެ މަތިން، ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ކުރަމުންދިޔަ މަސައްކަތް ހުއްޓާލައިފިއެވެ.
ސްޓެލްކޯއިން ބުނީ ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވާކަމަށެވެ. އެހެންކަމުން ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ އެމަސައްކަތްތައް ނިމި، ކަރަންޓުގެ ހިދުމަތްދިނުން ކުރިޔަށް ގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިއަދާއި ހަމައަށް ހިޔާ ފްލެޓްތަކަށް ކަރަންޓު ދެމުންދިޔައީ ކޮންމެ ދުވަހަކު ދެ ޓަވަރަކަށް ކަރަންޓުދޭން ފަށާ އުސޫލަކުންނެވެ.
ނަމަވެސް މިކަމުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ލިފްޓްތަކުން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ފެންމަތިވާން ފަށާފައެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ