އެއްގަޑިއިރާ 45 މިނެޓްތެރޭ އެއްމިލިއަން ފޮލޯވާސް ހޯދި މި މީހާ ދަންނަންތަ؟

އެއްގަޑިއިރުތެރޭ އެއްމިލިއަން ފޮލޯވާސް ހާސިލުކޮށް ސައުތް ކޮރެއަން ބޯއީ ބޭންޑް އެންސީޓީ ޓައިލް މޫން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ. މިއީ އިންސްޓަގުރާމްގައި އެއްގަޑިއިރާ 45 މިނެޓް ތެރޭ އެއްމިލިއަން ފޮލޯވާސް ހޯދައިގެން ގާއިމްކުރި ރެކޯޑެކެވެ.
މޫން އެއާ ނުވަތަ mo.on_air މި އެކައުންޓުން މިވަނީ ހަމަ އެންމެ 1 ގަޑި 45 މިނެޓް ތެރޭ އެއްމިލިއަން ފޮލޯވާސް ހާސިލުކޮށްފަ އެވެ. ޓައިލް މޫންގެ އެކައުންޓްގައި ފޮލޯވިންގްސްގެ ގޮތުގައި އިންނަނީ 7 އެކަންއުންޓެވެ. އެއީ އޭނާގެ ގާތް އެންސީޓީގެ ބޭންޑް މޭޓްސް އެވެ.
ވޯލްޑް ވައިޑް ގުރޫޕް އެންސީޓީގެ މެމްބަރެއްގެ ގޮތުގައި ޑެބިއުޓް ކުރުމަށް ފަހު އޭނާ އަކީ މިހާރު އެންސީޓީ ޔޫ އާއި އެންސީޓީ 127 ސަބް ޔުނިޓްސްގެ ވެސް މެމްބަރެކެވެ.
View this post on Instagram A post shared by @mo.on_air
ސައުތް ކޮރެއަން ބޯއީ ބޭންޑް އެންސީޓީ
މިރެކޯޑް އެތައް ފަހަރަކު މުގުރާލާފައިވާއިރު މީގެ ކުރިން މިރެކޯޑް އޮތީ ހެރީ ޕޮޓާރ ގެ ތަރި ރުޕާޓް ގްރިންޓްގެ އަތުގަ އެވެ. އެއީ އޭނާގެ ދަރިއަކު ލިބިއްޖެކަން އަންގަން ކުރި ޕޯސްޓަށް 4 ގަޑިއިރާ އެއް މިނިޓް ތެރޭ އެއްމިލިއަން ހާސިލްކޮށްގެނެވެ.
މީގެ ކުރިން މި ރެކޯޑް އޮތް މަޝްހޫރު މީހުންނަށް ބަލާލާއިރު ފުރެންޑްސް ސީރީޒްގެ ތަރި ޖެނީފާ އެނިސްޓަން، ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް، ދަ ޑޫކް، ޕޯޕް ފުރާންސިސް، ޑަޗެސް އޮފް ސަސެކްސް އަދި ޕުރެސެންޓަރު ސަރ ޑޭވިޑް އަޓެންބާގް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ